26 ފެބުރުވަރީ 2025 - 12:02 4
ލީވާން އަލީ ނާސިރު
އައްޑޫ ސިޓީ ހަންކެޑެ ބްރިޖުގައި ހިނގި އެކްސިޑެންޓުގައި މަރުވި ޒުވާނާ: އޭނާ މަރުވީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލުން ނައްޓައިގެން ބްރިޖުގެ ފެންސުުގައި ޖެހި -- ފޮޓޯ: އަދަދު ފައިލް
26 ފެބުރުވަރީ 2025 - 12:02 4
އައްޑޫ ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މިއަދު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގީ ބާރު ސްޕީޑެއްގައި މަރަދޫ އިން ހިތަދޫއަށް ދުއްވާފައި ދިޔަ ސައިކަލެއް ބްރިޖުގެ ބެންޑު ހިސާބުން ކޮންޓްރޯލްނުވެ ގޮސް ބްރިޖުގެ ފެންސުގައި ޖެހިގެން ކަމަށެވެ.
އައްޑޫ އިކިއުޓޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް "އަދަދު" އަށް މައުލޫމާތު ދެމުން ވިދާޅުވީ އެ އެކްސިޑެންޓުގައި މަރުވީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
"އެކްސިޑެންޓު ހިނގައިގެން އެ މީހާ ހޮސްޕިޓަލަށް ގެނައީ 9:15 ހާއިރު. މަރުވީ ފަރުވާ ދެމުން ދަނިކޮށް 9:50 ހާއިރު،" އޭނާ ވިދާޅުވި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ, މަރުވީ ޒުވާނާގެ ނަމަކީ ލީވަން އަބްދުއްސައްތާރު ކަމަށެވެ. އޭނާއަކީ ރޭސިން ހަރަކާތްތަކުގައި ބައިވެރިވާ ޒުވާނެއް ކަމަށް މި ނޫހަށް މައުލޫމާތު ލިބިފައިވެ އެވެ.
އެ އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
Comment