Advertisement

ގޯލްޑަން ތަށްޓާ އެކު ޗުމްޕު ކޯޗިން ކެރިއަރު އިތުރު ހަރުފަތަކަށް

26 ފެބުރުވަރީ 2025 - 14:50 0

އަތޫފް އާތިފް

އަތޫފް އާތިފް


ގޯލްޑަން ތަށްޓާ އެކު ޗުމްޕު ކޯޗިން ކެރިއަރު އިތުރު ހަރުފަތަކަށް

26 ފެބުރުވަރީ 2025 - 14:50 0

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ތާރީހާ ތަށްޓަކީ ކޯޗިން އިން އިތުރަށް ކުރިއަށް ދިޔުމަށް ކޮށުނު މަގެއް ކަމަށް ކ. ކާށިދޫ ޓީމުގެ ކޯޗު އަލީ ހައިޝަމް (ޗުމްޕު) ބުނެފި އެވެ.

މިއީ، ގޯލްޑަން ނޮކައުޓުގެ ފަހު ބުރުތަކުގައި ކާށިދޫން ފެނިލި ފުރަތަމަ ފަހަރެެވެ. އަނެއްކޮޅުން، ފައިނަލުގައި ކާށިދޫ ކުޅުނު ފުރަތަމަ ފަހަރެވެ.

ގޯލްޑަންގެ ތަށި ކާށިދޫ އަށް ހޯދައިދިނުމަށް ފަހު ޗުމްޕު ބުނީ މި މުބާރާތައް ކާށިދޫ ނުކުތީ ގޯލްޑަން ތަށި ކާމިޔާބުކުރުމުގެ އަޒުމާއެކުގައި ނޫން ކަމަށެވެ. އެކަމަކު، އަތޮޅު ތަށި ނުލިބި, ޒޯން ވެސް ގެއްލުމުން ކާށިދޫ އިން ދެން މަސައްކަތް ކުރީ މެޗަކަށްފަހު މެޗެއް ކާމިޔާބުކޮށް ގޯލްޑަންގައި ކުރިއަށް ދިއުމަށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"އަތޮޅު ތަށި ގެއްލި ޒޯން ތަށި ގެއްލުމުން އަޅުގަނޑު ކުޅުންތެރިންނަށް ދިން މެސަޖަކީ އަދިވެސް ހިނގާށޭ މަސައްކަތް ކުރަން ދެވެން އޮތް އެންމެ ދުރަށް ދެވޭތޯ މަސައްކަތް ކުރަން" ގޯލްޑަން ބޭއްވި ފުރަތަމަ އަހަރު ކަމަށްވާ 2015 ވަނަ އަހަރު، ބ. ހިތާދޫން މި މުބާރާތް ކާމިޔާބުކުރި ޓީމުގައި ހިމެނުނު ޗުމްޕު ބުންޏެވެ.

މި ކާމިޔާބީއަކީ ކޯޗެއްގެ ހައިސިއްޔަތުން ޗުމްޕުއަށް ހާއްސަ ކާމިޔާބީއެކެވެ. އެ ގޮތުން، ޗުމްޕު ބުނީ ކޯޗިންގެ މިހާ ކުރީކޮޅުގައި, ގޯލްޑަން ތަށި ކާމިޔާބުކުރެވުން އެއީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި، މިއީ ގިނަ ކޯޗުންގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށް ޗުމްޕު ވަނީ ބުނެފަ އެވެ.

ޗުމްޕު ބުނީ ކޯޗިންގައި އަދިވެސް ދަސްކުރަން ހުރިކަންކަން ގިނަ ކަމަށާއި, މި ކާމިޔާބީއަކީ އިތުރަށް ކުރިއަށް ދިޔުމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ.

ޗުމްޕު ވަނީ މިދިޔަ އަހަރު ހއ. އުތީމު ގޮވައިގެން ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ގަދަ 16 އަށް ދަތުރުކޮށްފަ އެވެ. އަދި އެއީ އުތީމަށް މި މުބާރާތުގައި ދެވުނު އެންމެ ދުރު ވެސް މެ އެވެ.