މަސްވެރިންނަށް ވެސް ރޯދަ އިނާޔަތް ލިބޭ ގޮތް ހަދަން ބޭނުން: ރައީސް

25 ފެބުރުވަރީ 2025 - 08:50 0

އަހުމަދު އާއިދު

އ

ކިރާ މަހަށް ފައިސާ ނުލިބިގެން މީގެ ކުރިން މަސްވެރިން މާލޭ ފަޅުތެރޭ ކުރި މުޒާހަރާއެއްގެ ތެރެއިން: ވަޒީފާގެ ގާނޫނުގެ ދަށުން ލިބެން ޖެހޭ އިނާޔަތްތައް މަސްވެރިންނަށް ނުލިބޭ މައްސަލައިގެ ޝަކުވާތައް ބޮޑު --- ފޮޓޯ: އަދަދު


މަސްވެރިންނަށް ވެސް ރޯދަ އިނާޔަތް ލިބޭ ގޮތް ހަދަން ބޭނުން: ރައީސް

25 ފެބުރުވަރީ 2025 - 08:50 0

ކުރިއަށް އޮތްތަނުގައި މަސްވެރިންނަށް ރޯދަ އިނާޔަތް ދެވޭނެ ގޮތް ހަމަޖައްސައިދޭން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދ. މީދޫގައި ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް މިހެން ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސްގެން މި އަހަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ރޯދަ އިނާޔަތް ދޭން ނިންމިކަން ފާހަގަކުރައްވުމަށް ފަހު އެވެ.

"ގާނޫނީ ގޮތުން ކަންކަން ފަހިކޮށްގެން ކުރިއަށް އޮތްތަނުގަ މަސްވެރިންނަށް ވެސް އަޅުގަނޑު ބޭނުންވަނީ ރޯދަ އިނާޔަތް ލިބޭ ގޮތް ހަދަން. ދެން ހުރި ފަންނުތައް ވެސް. އެކަން ކުރުމުގަ އެބަހުރި ބައިވަރު މަރުހަލާތައް ގެންދަން،" ރައީސް ވިދާޅުވި އެވެ.

އެގޮތުން މި ސަރުކާރުން މަސްވެރިންގެ ދަފްތަރު އެކުލަވާލީ މި ވީހާ ދުވަހު ބޭންކުތަކުން މަސްވެރިންނަކީ މެދުނުކެނޑި އާމްދަނީ ލިބޭ ބައެއް ކަމުގައި ނުދެކި އޮތް އޮތުން ބަދަލުކުރަންކަން ރައީސް ރޭ ފާހަގަކުރެއްވި އެވެ.

"އެ ދަފްތަރުގަ ޖެހޭ ފަރާތްތަކަށް ކުރިއަށް އޮތްތަނުގަ ބޭންކިން ނިޒާމުތަކުން ލޯނު ނެގުމާއި އެސްޓީއޯގެ ކްރެޑިޓް ސްކީމުން ފައިސާ ނުވަތަ އެހީތެރިކަން ހޯދުމާއި ކަންކަން ފަހިވެގެންދާނެ،"

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ މުސްލިމަކަށް ވެސް ރޯދަ އިނާޔަތް ލިބެން ޖެހޭނެ ކަމަށެވެ.

ގާނޫނު ބުނާގޮތުން ރޯދަ އިނާޔަތަކީ އެ މީހަކު ވަޒީފާ އަދާކުރާ ތަނަކުން ދޭން ޖެހޭ އެއްޗެކެވެ. އެހެންކަމުން މަސްވެރިންނަށް ރޯދަ އިނާޔަތް ދޭން ޖެހޭނީ އޮޑިވެރިންނެވެ. މިހާރު އޮތް ގާނޫނުން ވެސް އެކަމަކަށް ހުރަހެއް ނެތެވެ.