Advertisement

ހަސީނާގެ ވެރިކަމާ ދެކޮޅަށް ތެދުވި ބަންގްލަދޭޝްގެ ދަރިވަރުން ސިޔާސީ ޕާޓީއެއް އުފައްދަނީ

24 ފެބުރުވަރީ 2025 - 13:55 0


ހަސީނާގެ ވެރިކަމާ ދެކޮޅަށް ތެދުވި ބަންގްލަދޭޝްގެ ދަރިވަރުން ސިޔާސީ ޕާޓީއެއް އުފައްދަނީ

24 ފެބުރުވަރީ 2025 - 13:55 0

ޒަމާންތަކެއް ވަންދެން ބަންގްލަދޭޝްގައި ހުދުމުހުތާރު ވެރިކަމެއް ކުރެއްވި ޝެއިހު ހަސީނާގެ ވެރިކަން ވައްޓާލުމަށް ކުރި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި އެ ގައުމުގެ ދަރިވަރުން އާ ސިޔާސީ ޕާޓީއެއް މި ހަފްތާގެ ތެރޭގައި ލޯންޗުކުރަން ނިންމައިފި އެވެ.

ހަސީނާގެ ވެރިކަމާ ދެކޮޅަށް އެންމެ ފުރަތަމަ ތެދުވީ ސްޓޫޑެންޓްސް އަގެއިންސްޓް ޑިސްކްރިމިނޭޝަން (އެސްއޭޑީ) ގްރޫޕުންނެވެ. އެއީ އެ ގައުމުގެ ޕަބްލިކް ސެކްޓަރުގެ ވަޒީފާތަކަށް ނުހައްގުން ކޯޓާތަކެއް ކަނޑައެޅުމާ ދެކޮޅަށް ތެދުވި ގްރޫޕެކެވެ.

އެ ގައުމުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި މި ޕާޓީގެ ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ނާހިދު އިސްލާމް އެވެ. އޭނާއަކީ ދަރިވަރުންގެ ޖަމިއްޔާތަކުގެ ވެރިޔެއްގެ ގޮތުގައި މިވަގުތު އޮތް އިންތިގާލީ ސަރުކާރަށް ލަފާ ދޭ ކައުންސިލުގައި ހިމެނޭ މީހެކެވެ.

މި އަހަރުގެ ފަހުކޮޅު ބަންގްލަދޭޝްގައި އިންތިހާބު ބާއްވާނެ އެވެ. ބެލެވޭ ގޮތުގައި އެ އިންތިހާބުގައި ކާމިޔާބު ކުރާނީ ޒުވާނުން އިސްކޮށް ހަރަކާތްތެރިވާ ސިޔާސީ ޕާޓީއަކުންނެވެ.

ހަސީނާގެ ސަރުކާރާ ދެކޮޅަށް ހިންގި މުޒާހަރާތަކުގައި 1،000 އަށްވުރެ ގިނަ މީހުން މަރުވި އެވެ. އޭނާގެ ސަރުކާރާއި ޕާޓީއަށް ނިސްބަތްވާ މީހުން އިންސާނިއްޔާތާ ދެކޮޅު އެތައް ޖަރީމާއެއް ހިންގާފައިވާ ކަމަށް އދ. ގެ ކޮމިޝަނަކުން ވަނީ ބުނެފަ އެވެ.