Advertisement

މުސާރަ މައްސަލައިގައި ބަންގްލަދޭޝްގެ ތިން ވަނަ ކްލަބް އަކަށް ފީފާ އިން އަދަބުދީފި

6 ނޮވެންބަރު 2025 - 18:39 0


މުސާރަ މައްސަލައިގައި ބަންގްލަދޭޝްގެ ތިން ވަނަ ކްލަބް އަކަށް ފީފާ އިން އަދަބުދީފި

6 ނޮވެންބަރު 2025 - 18:39 0

ޑާކާ، ބަންގްލަދޭޝް (ނޮވެމްބަރު 6) - ބިދޭސީ ކުޅުންތެރިންނަށް ނުދީ ހުރި މުސާރައިގެ މައްސަލައިގައި ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ތިން ވަނަ ކްލަބަކަށް ފީފާ އިން އަދަބުދީފި އެވެ.

ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އާއި މުހައްމަދޭން އިން ބިދޭސީ ކުޅުންތެރިންނަށް މުސާރަ ނުދީ އޮތް މައްސަލައިގައި ފީފާ އިން ފިޔަވަޅު އަޅައިފައިވަނިކޮށް، އެ ގައުމުގެ ޑާކާ އަބަހާނީން ކުޅުންތެރިންނަށް ނުދީ ހުރި މުސާރައިގެ މައްސަލައިގައި ވަނީ އަދަބުދީފަ އެވެ.

އަބަހާނީ އަށް މި ވަގުތު ދީފައި އޮތް އަދަބު އިތުރަށް ބޮޑުވުމުގެ ފުރުސަތު އެބައޮތެވެ.

އެއީ، މިދިޔަ ސީޒަނުގައި އެ ޓީމަށް ގެންނަން އެއްބަސްވި ތިން ކުޅުންތެރިއަކު ވަގުތު އޮއްވައި، އެ ޓީމަށް ކުޅެން ބަންގްލަދޭޝަށް ނުގެންދިއުމުން އެންމެ ފަހުން، އެ ތިން ކުޅުންތެރިންގެ ކޮންޓްރެކްޓް ބާތިލްކުރަން ޖެހުނު މައްސަލައިގަ އެވެ. އެ ތިން ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާގެ ޖުމްލަ އަދަދު، 245،000 ޑޮލަރަށް އަރަ އެވެ.

ފީފާ އިން ވަނީ މި މައްސަލަތަކުގެ ސަބަބުން މި މަހު ތިން ވަނަ ދުވަހުން ފެށިގެން އަބަހާނީ އަށް ކުޅުންތެރިއަކު ނުގެނެވޭ ގޮތަށް އަދަބުދީފަ އެވެ. އަދި، އަދަބުން ސަލާމަތްވެ، އެ ކްލަބަށް ކުޅުންތެރިން ރަޖިސްޓްރީ ކުރެވޭނީ ދައްކަންޖެހޭ ފައިސާ ދެއްކުމުންނެވެ.

އުޒްބެކިސްތާން ކުޅުންތެރިއަކަށް ނުދީ ހުރި މުސާރައިގެ މައްސަލައިގައި ބަންގްލަދޭޝްގެ ފަކީރާޕޫލް ޔަންގް މެން އަށް ވެސް ކުޅުންތެރިން ނުގެނެވޭ ގޮތަށް އަދަބު ދިނެވެ. އެކަމަކު، އެ ޓީމުން ވަނީ އެ ފައިސާ ދައްކަން އަދަބުން ސަލާމަތްވެފަ އެވެ.