އުރީދޫ ނޭޝަންގެ އަލްޓިމޭޓް ގޭމިން ފެސްޓިވަލްގެ މޮޅު ކުޅުންތެރިޔަކަށް ހައިޝަމް

23 ފެބުރުވަރީ 2025 - 08:12 0

ލީވާން އަލީ ނާސިރު

ލ

އުރީދޫ ނޭޝަންގެ އަލްޓިމޭޓް ގޭމިން ފެސްޓިވަލްގެ މޮޅު ކުޅުންތެރިޔާ ހައިޝަމް (ކ) އާ ތާޖު ހަވާލުކުރުން -- ފޮޓޯ: އުރީދޫ


އުރީދޫ ނޭޝަންގެ އަލްޓިމޭޓް ގޭމިން ފެސްޓިވަލްގެ މޮޅު ކުޅުންތެރިޔަކަށް ހައިޝަމް

23 ފެބުރުވަރީ 2025 - 08:12 0

އުރީދޫ ނޭޝަންގެ އަލްޓިމޭޓް ގޭމިން ފެސްޓިވަލްގެ "އަލްޓިމޭޓް ޕްލޭޔާ" ގެ ތާޖު ހައިޝަމް ވަހީދު (ހައިއްޓެ) ކާމިޔާބުކޮށް 30،000ރ. ގެ ފައިސާގެ އިނާމެއް ހޯދައިފި އެވެ.

މާލޭގެ އުސްފަސްގަންޑުގައި ރޭ ބޭއްވި އަލްޓިމޭޓް ގޭމިން ފެސްޓިވަލްގެ ނިންމުމުގެ ރަސްމިއްޔާތުގައި ހައިޝަމްއާ އަލްޓިމޭޓް ޕްލޭޔާގެ ތާޖު ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

އަލްޓިމޭޓް ޕްލޭޔާ ހައިއްޓެ އަދަދު އާ ވާހަކަދައްކަމުން ބުނީ ފުރަތަމަ އަލްޓިމޭޓް ޕްލޭޔަރަށްވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި އުރީދޫއިން ގޭމިން ކޮމިއުނިޓީއަށް އަމާޒުކޮށް ބާއްވާ މުބާރާތްތަކަށް އޭނާ ޝުކުރު އަދާކުރި އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ބޭރުގެ މުބާރާތްތަކުގައި ވާދަކޮށް ރާއްޖެއަށް ރީތި ނަމެއް ހޯދައި ދިނުމަކީ އަބަދުވެސް ބޭނުންވާ ކަމެއް ކަމަށް ހައިއްޓެ ބުންޏެވެ.

ޕަބްޖީ މޯބައިލް:

  • ޗެމްޕިއަން: އެސްޑީއެމްޒެޑް އީސްޕޯޓްސް 50،000ރ.
  • ދެވަނަ: އަކަޒަޔާ އީސްޕޯޓްސް - 20،000ރ.
  • ތިންވަނަ: އެލްއެފް ސްކައިފޯސް 15،000ރ. ،
  • ހަތަރުވަނަ: އެސްޑީއެމްޒެޑް އެންޖީ 10،000ރ.
  • މޮޅު ކުޅުންތެރިޔާ: އެސްޑީއެމްޒެޑް ހައިއްޓޭ 5،000ރ.

ބޭންގް ބޭންގް (އެމްއެލްބީބީ):

  • ޗެމްޕިއަން: އެލްއެންއެން ސްލީޕިން - 20،000ރ.
  • ދެވަނަ: ވިގަނި - 15،000ރ.
  • ތިންވަނަ: އެލްއެންއެން އެސްއެލްއެފްއޯ ޕައިލޮޓްސް 10،000ރ.
  • މޮޅު ކުޅުންތެރިޔާ: ރީޕާ މާލް - 5،000ރ.

އީއޭއެފްސީ:

  • ޗެމްޕިއަން: ޒަމީލް ޒިހުނީ - 20،000ރ.
  • ދެވަނަ: ޖަނާން މުހައްމަދު - 15،000ރ.
  • ތިންވަނަ: މުހައްމަދު އައިމަން - 10،000ރ.
  • ޓޮޕް ސްކޯރާ: ޒަމީލް ޒިހުނީ - 5،000ރ.

ކޮސްޕްލޭ މުބާރާތް:

  • ޗެމްޕިއަން: އައިޝަތު ހުމައިސާ ބިންތި ޔޫސުފް 5،000ރ.
  • ދެވަނައަށް: މަރިޔަމް އަރީން ޝަހީދު - 3،000ރ.
  • ތިންވަނަ - މުހައްމަދު އަމީރު އާމިރު - 2،000ރ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާފިއު ވަނީ އުރީދޫ އިން އީ-ސްޕޯޓްސް އާއި ގޭމިންގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް ތައުރީފް ކުރައްވާފަ އެވެ.

"ގޭމިން އާއި އީސްޕޯޓްސް އަކީ ދުނިޔޭގެ މުނިފޫހިފިލުވުމާއި ޑިޖިޓަލް އިނޮވޭޝަންގެ ބޮޑު ބަޔަކަށް ވެއްޖެ. ގެމާސް ލޭންޑް ފަދަ އިވެންޓްތަކުން އަޅުގަނޑުމެންގެ ހުނަރުވެރި ގޭމަރުންނަށް ޕްލެޓްފޯމެއް ލިބުމުގެ އިތުރުން ރާއްޖޭގެ އިންޑަސްޓްރީ ކުރިއެރުވުމަށް ވެސް އެހީތެރިވެދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އަލްޓިމޭޓް ގޭމިން ފެސްޓިވަލްގައި ކޮސްޕްލޭ ސެގްމެންޓުން ހުނަރުވެރި ބައިވެރިން ވަނީ އައިކޮނިކް ގޭމިން އާއި އެނިމޭ ކެރެކްޓާތައް ދިރުވައި އެ މީހުންގެ އުފެއްދުންތެރިކަން ދައްކާލާފަ އެވެ.

އުރީދޫ ނޭޝަން މެދުވެރިކޮށް ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވައި، ޑިޖިޓަލް ޒަމާނުގައި ކުޅުންތެރިންނަށް ވާދަކޮށް، ގުޅާލައި، ކުރިއެރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގައި ދެމިއޮންނާނެ ކަމަށް އުރީދޫއިން ބުންޏެވެ.