21 ފެބުރުވަރީ 2025 - 15:58 1
މުހައްމަދު ޝަހްޒާން
ލ. ގަމު މަތިން ނަގާފައިވާ ފޮޓޯއެއް: ގަމާ ބިމުގެ ގޮތުން ގުޅިފައި އޮންނަ ބޮޑުފިނޮޅަކީ މީގެ 17 އަހަރު ކުރިން ރިސޯޓެއް ތަރައްގީ ކުރުމަށް ކުންފުންޏަކާ ހަވާލު ކޮށްފައި އޮތް ރަށެއް -- ފޮޓޯ: އަދަދު ފައިލް
21 ފެބުރުވަރީ 2025 - 15:58 1
ލ. ގަމާ ބިމުގެ ގޮތުން ގުޅުވާލާފައި އޮންނަ ބޮޑުފިނޮޅު ގަމުގެ އިހުތިސާސްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ހިމަނުއްވައިފި އެވެ.
ގަމުގެ އިހުތިސާސް ތެރެއަށް ބޮޑުފިނޮޅު ބަދަލުކޮށް ރައީސްގެ ގަރާރު ގެޒެޓު ކުރީ އިއްޔެ އެވެ.
ގަމާ ޖެހިގެން އެއްފަހަށް އޮންނަ ބޮޑު ފިނޮޅަކީ މީގެ 17 އަހަރު ކުރިން، 2008 ވަނަ އަހަރު ޓޫރިޒަމް ޓްރެއިނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މާލޭގެ ކުރީގެ މޭޔަރު، އާދަމް މަނިކު (ސަރަނގު އާދަމް މަނިކު) ހިއްސާވާ ޕްރިމިއާ އިކުއިޓީއާ ކުންފުންޏަށް ދޫކޮށްފައި އޮތް ރަށެކެވެ.
ލ. ގަމާ ގުޅާލައިފައި އޮންނަ ބޮޑުފިނޮޅު ފެންނަ ޗާޓެއް
ނަމަވެސް އެ މަޝްރޫއު ހުއްޓިފައި އޮންނަތާ އެތައް އަހަރެއް މިހާރުވެއްޖެ އެވެ. އެ ރަށުގައި އެއްވެސް މަސައްކަތެއް ނުހިންގާ އޮންނާތީ އެ ރަށް ގަމުގެ ބަޔަކަށް ހަދައި ދިނުމަށް ސަރުކާރުގައި އެދުނެވެ.
ބޮޑުފިނޮޅު ތަރައްގީ ކުރުމަށް ކުރިން މަސައްކަތް ކޮށްފައި ވާގޮތުގެ ސަބަބުން ގަމު ކައުންސިލުން މީގެ ކުރިން ވަރަށް ބޮޑެތި ކަންބޮޑުވުންތައް ފާޅު ކޮށްފައިވެ އެވެ. އެގޮތުން ބޮޑުފިނޮޅު ގަމާ ގުޅައިލި ގޮތުގެ ސަބަބުން ގަމުގެ ބޮޑު ބައެއް ގިރައިގެން ގޮސްފައިވާ ކަމަށް މީގެ ކުރިން ގަމު ކައުންސިލުން ބުނެފައިވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އާދަމް
29 days ago
އިހުތިސާސަކީ ދިވެހި ބަހަށް ވައްދައި ދިވެހުކުރެވުފައިވާ ބަހެއްތޯ!އަދި އެބަހުގެ މާނައަކީ ކޮބައިތޯ؟
Comment