21 ފެބުރުވަރީ 2025 - 07:03 0
އަތޫފް އާތިފް
21 ފެބުރުވަރީ 2025 - 07:03 0
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ސެމީ ފައިނަލުގައި ކާށިދޫއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމަކީ މިހާރު ގިނަ ބަޔެއްގެ ފޭވަރިޓަކަށްވެފައިވާ ކަމަށާއި, ވާދޫ އިން އެ ޓީމު އަންޑަ-އެސްޓިމޭޓް ނުކުރާނެ ކަމަށް ވާދޫގެ ކެޕްޓަން އަޔާޒް އަހުމަދު (އަޔާ) ބުނެފި އެވެ.
ވާދޫ އިން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ޕެނަލްޓީގައި މަތިވެރީގެ މައްޗަށް ކުރިހޯދައިގެންނެވެ. އަދި މި މެޗު ޕެނަލްޓީ އަށް ގެންގޮސްދިނީ މެޗު ނިމެން 42 ސިކުންތައް ވެފައިވަނިކޮށް އަޔާ ޖަހާދިން ހިތްގައިމު ގޯލަކުންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އަޔާ ބުނީ ކުއާޓާގައި ކުޅުނު މަތިވެރި މެޗާއި ސެމީ ފައިނަލުގައި ޖެހޭ ކާށިދޫ މެޗަކީ ވާދޫ އިން "ކިކު" އިތުރަށް ނަގައިގެން ކުޅެން ޖެހޭނެ މެޗުތަކެއް ކަމަށެވެ.
"ކާށިދޫ އަކީ މިހާރު ގިނަ ބަޔެއްގެ ފޭވަރިޓެއް. އަދި އަޔާ އެ މީހުންގެ މެޗެއް ނުބަލަން. އެކަމަކު މިހާ ހިސާބަށް އެވަރުގެ ޓީމަކަށް އާދެވޭނީ ވަރަށް ބޮޑަށް މަސައްކަތު ރޭޓު ހައިވީމަ" އަޔާ ފާހަގަކުރި އެވެ.
އަޔާ ބުނީ ވާދޫ ޓީމުން މިހާ ހިސާބައް އާދެވުނީ ސަޕޯޓަރުންނާ ކުޅުންތެރިންގެ މަސައްކަތުން ކަމަށެވެ. އެހެންވެ ސަޕޯޓަރުންނާއި ރަށު ކައުންސިލަށް އަޔާ ވަނީ ޝުކުރުއަދާކޮށްފަ އެވެ.
ވާދޫއާ ކާށިދޫ ބައްދަލުކުރާ ސެމީ ފައިނަލް މެޗު ކުޅޭނީ މިރޭ އެވެ.
ވާދޫ އިން ވަނީ މީގެ ކުރިން 2023 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ވާދަކޮށްފަ އެވެ. އެކަމަކު އެ ފަހަރު ގަން އަތުން ފައިނަލުގައި ވަނީ ބަލިވެފަ އެވެ.
Comment