19 ފެބުރުވަރީ 2025 - 09:43 0
19 ފެބުރުވަރީ 2025 - 09:43 0
ސިންގަޕޫރުގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ގައުމުގެ 21 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ފައިސާގެ ވައުޗަރު ޖަމާކޮށްދިނުމަށް ނިންމައި މި އަހަރުގެ ބަޖެޓު އެ ގައުމުގެ ސަރުކާރުން ހުށަހަޅައިފި އެވެ.
އެ ގައުމުގެ ބޮޑުވަޒީރު ލޯރެންސް ވޮންގު ބަޖެޓު ހުށަހަޅުއްވަމުން ހާމަކުރެއްވި ގޮތުގައި ޖުލައި މަހުން ފެށިގެން ސިންގަޕޫރުގެ ރައްޔިތުންނަށް މި ވައުޗަރުތައް ޖަމާކުރަން ފަށާނެ އެވެ. އެ ކަމަށް 2.02 ބިލިއަން ސިންގަޕޫރު ޑޮލަރު ހަރަދު ކުރަން ވަނީ ނިންމާފަ އެވެ.
އެގޮތުން، 21 އަހަރާއި 59 އަހަރުގެ ރައްޔިތުންނަށް 600 ސިންގަޕޫރު ޑޮލަރު ޖަމާކޮށްދޭއިރު 59 އަހަރުން މަތީގެ ރައްޔިތުންނަށް 800 ސިންގަޕޫރު ޑޮލަރު ޖަމާކޮށްދޭނެ އެވެ. މި ވައުޗަރު ތިން މިލިއަން މީހުންނަށް ލިބޭނެ ކަމަށް އެ ގައުމުގެ ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.
ސިންގަޕޫރު އިނގިރޭސިންގެ އަތް ދަށުން މިނިވަންވީ އޮގަސްޓު 9، 1965 ގަ އެވެ. ރާއްޖެއަށް ވެސް މިނިވަންކަން ލިބުނީ އެ އަހަރު ކަމަށްވާއިރު ޖުލައި 26، ގައި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭނެ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment