Advertisement

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އަމްޖަދު މުސްތަފާ

19 ފެބުރުވަރީ 2025 - 14:44 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމަށް އައްޔަންކުރި އަމްޖަދު މުސްތަފާ ---


ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އަމްޖަދު މުސްތަފާ

19 ފެބުރުވަރީ 2025 - 14:44 0

ޝަރުއީ ނިޒާމާ ގުޅޭ އިދާރީ މަސައްކަތްތައްް ކުރާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އެންމެ އިސް މަގާމު ކަމަށްވާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މަގާމަށް އައްޔަންކުރީ އަމްޖަދު މުސްތަފާ، މ. ރަންދޫވިލާ ކަމަށެވެ. ޖޭއެސްސީ އިން ބުނީ އަމްޖަދު އަކީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވެ އެންމެ މަތިން މާކްސް ލިބުނު ފަރާތް ކަމަށެވެ.

ޖޭއެސްސީ އިން މި މަގާމަށް މީހަކު ހޯދަން އިއުލާނުކުރީ މަގާމުގައި ހުންނެވި އާއިޝަތު ރިޒްނާ ސެޕްޓެމްބަރު 10، 2024 އިސްތިއުފާ ދެއްވުމުންނެވެ.

މިވީ ދުވަސްތަކުގައި ޑީޖޭއޭގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ޖޭއެސްސީގެ އިންްސްޕެކްޓާ ޖެނެރަލް މުހައްމަދު ޝުޖާއު އެވެ.

އަމްޖަދަކީ މީގެ ކުރިން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމާއި އިލެކްޝަން ކޮމިޝަން (އީސީ) ގެ ނައިބު ރައީސްކަން އަދި މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ބޯޑު ޑިރެކްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.