Advertisement

ދިވެހި ބަސް ކޮމިޓީއިން އާ ލަފުޒުތަކެއް ހަދައިފި

19 ފެބުރުވަރީ 2025 - 10:57 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ދިވެހި ބަހުގެ އެކަޑެމީ : އެ އެކަޑެމީން ވަނީ ދިވެހި ބަހުގެ އައު ލަފުޒުތަކެއް ފާސްކޮށްފަ ---


ދިވެހި ބަސް ކޮމިޓީއިން އާ ލަފުޒުތަކެއް ހަދައިފި

19 ފެބުރުވަރީ 2025 - 10:57 0

ދިވެހި ބަހުގެ އެކަޑެމީއިން އެކުލަވާލާފައި އޮންނަ ބަސް ކޮމިޓީއިން އާ ދިވެހި ލަފުޒުތަކެއް ހަދައިފި އެވެ.

އެކަޑެމީއިން އިން ވަނީ އާ 72 ލަފުޒެއް ހަދައިފަ އެވެ. އެ ލަފުޒުތައް ހެދީ މިދިޔަ އަހަރު ކަމަށް ވެސް އެކަޑެމީއިން ބުނެ އެވެ.

އެ ލަފުޒުތަކުގެ ދިވެހި އަދި އިނގިރޭސި ގޮތާއި މާނަ ވެސް އެކަޑެމީން ވަނީ އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ބަލިތަކާއި ކާނާ އަދި އިޝާރާތްތައް ވެސް ހިމެނެ އެވެ.

އެގޮތުން ބަހުގެ އެކަޑެމީން ބުނާ ގޮތުން ލެޓިއުސްގެ ގެ ދިވެހި ލަފުޒަކީ ސަލާދުފަތެވެ. ސްކަލްގެ ދިވެހި ލަފުޒަކީ އިސްކާލު އެވެ. ގެސްޓް ހައުސްގެ ދިވެހި ލަފުޒަކީ ފަތުރުވެހި އެވެ. ޑެމެންޝިއާއަށް ދިން ނަމަކީ އަކުސަ އެވެ.

އޭގެ އިތުރުން ޕޮއެޓްރީ ތެރެޕީއަށް ޅެން ފަރުވާގެ ނަމުގައި ވަނީ ލަފުޒެއް އުފައްދައި ފާސްކޮށްފަ އެވެ. ކުޑަކަމުދާތަކެތި ނުވަތަ ޔޫރިން އަށް ކިޔާ ދިވެހި ނަމަކީ މޫތު ކަމަށް ވެސް ވަނީ ނިންމައިފަ އެވެ.

އަލަށް ދިވެހި ބަހުގެ ލަފުޒުތަކުގެ ގޮތުގައި ފާސްކުރި 72 ލަފުޒު ވެސް އެކަޑަމީގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފައިވެ އެވެ.