ސަރުކާރުން ޓެކްސީ ފްލީޓެއް ފެށުމުން ކުދި ވިޔަފާރިތަކަށް ގެއްލުންވާނެ: ޓަވިޔަނި

16 ފެބުރުވަރީ 2025 - 08:43 4

ލީވާން އަލީ ނާސިރު

ލ


ސަރުކާރުން ޓެކްސީ ފްލީޓެއް ފެށުމުން ކުދި ވިޔަފާރިތަކަށް ގެއްލުންވާނެ: ޓަވިޔަނި

16 ފެބުރުވަރީ 2025 - 08:43 4

ސަރުކާރުން ޓެކްސީ ފްލީޓެއް ފެށުމުން ޓެކްސީ ދުއްވާ މީހުންނާއި، ޓެކްސީ ސެންޓަރުތަކާއި، ކުއްޔަށް ކާރު ދޫކުރާ މީހުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކޮށް، ކުދި ވިޔަފާރިތަކަށް ގެއްލުންވެ ދާއިރާގެ ހަމަހަމަ ވާދަވެރިކަން ނެތިގެންދާނެ ކަމަށް އަވަސް އެޕް ހިންގަމުންދާ ޓަވިޔަނިން ބުނެފި އެވެ.

ޓަވިޔަނިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސަރުކާރުން ޓެކްސީ ފްލީޓެއް ފެށުމުން ދާއިރާގައި ރަޖިސްޓްރީވެ އާމްދަނީ ލިބެމުން ގެންދާ 10،000 އަށްވުރެ ގިނަ މީހުންނަށް ނޭދެވޭ އަސަރުކޮށް އެ މީހުންގެ ހައްގުތަކަށް ގެއްލުން ލިބޭނެ ކަމަށެވެ.

"ޓެކްސީ ޑްރައިވަރުންނާއި މި ދާއިރާގެ އެންމެހާ ފަރާތްތަކުގެ ކަންބޮޑުވުންތައް އެއްފަރާތްކޮށް، ޓެކްސީ ފްލީޓެއް ފަށަން ސަރުކާރުން ނިންމި ނިންމުމަކީ މި ދާއިރާގައި މިނިވަންކަމާ އެކު މަސައްކަތް ކުރާ އެންމެހާ ފަރާތްތަކާއި އާއިލާގެ ހައްގަށް ސަރުކާރުން ވިސްނާލުމެއް ނެތި ކޮށްފައިވާ ކަމެއްކަން މި ކުންފުނިން ދެކެން،" އެ ކުންފުނިން ބުންޏެވެ.

ސަރުކާރުން ޓެކްސީ ފްލީޓެއްގައި ގާއިމުކުރަނީ އެކަމަށް އެކަށީގެންވާ މަޝްވަރާތަކާއި ދިރާސާތަކާ ނުލައި އެފަދަ ކަމެއް ކުރަން ނޫޅޭ ކަމަށް ކުރިން ބުނި ބުނުމާ މުޅިން ހިލާފަށް ކަމަށް ވެސް ޓަވިޔަނިން ފާހަގަކުރި އެވެ.

"މިފަދަ ބޮޑު ނިންމުމެއް ނިންމިއިރު ޓެކްސީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅުން، މިސާލަކަށް ޓެކްސީ ސެންޓަރުތަކުގެ ވެރިންނާ ވެސް މަޝްވަރާ ނުކުރުމަކީ ހިތާމަކުރާ ކަމެއްކަން ދަންނަވަން. މިނިސްޓްރީއަށް ހުށަހެޅި އާރްޓީއައިއަށް ޖަވާބު ދެމުން ވެސް މިފަދަ ފްލީޓެއް ހެދުމަށް އެއްވެސް ތައްޔާރީތަކެއް އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް ބުނެ ޖަވާބު ދީފައިވާކަން ފާހަގަކުރަން،" އެ ކުންފުނިން ބުންޏެވެ.

ޓަވިޔަނިން ބުނީ ޓެކްސީ ހިދުމަތް ދިނުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތަކާއި، ރަނގަޅު ކުރަން ޖެހޭ ކަންކަމާއި، އިސްލާހު ކުރަން ޖެހޭ ދާއިރާތައް ޓްރާންސްޕޯޓް މިނިސްޓްރީން މިހާތަނަށް ސާފުކޮށް އަންގާފައި ނުވާ ކަމަށެވެ. އެގޮތުން ޑްރައިވަރުންގެ ފަރާތުން ފެންނަ ނޭދެވޭ އަމަލުތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާކަން ވެސް އެ ކުންފުނިން ފާހަގަކުރި އެވެ.

މައްސަލައާ ގުޅިގެން ހުރި ކަންބޮޑުވުންތައް ޓްރާންސްޕޯޓް މިނިސްޓްރީއާ ހިއްސާ ކުރި ނަމަވެސް، އެ މިނިސްޓްރީން ޒިންމާދާރު ގޮތެއްގައި އެއްބާރުލުން ދީފައި ނުވާތީ އެކަމާ ޓަވިޔަނިން ހިތާމަ ފާޅުކޮށްފައިވެ އެވެ.

ޓެކްސީ ޑްރައިވަރުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ގާނޫނީ އިމުގެ ތެރެއިން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އެ ކުންފުނިން އަޅާނެކަމުގެ ޔަގީންކަން ވެސް ޓަވިޔަނިން ވަނީ ދީފަ އެވެ.

އަވަސް އެޕުން މެދުނުކެނޑި 15 އަހަރު ހިދުމަތް ދެމުން އަންނައިރު، އެ ކުންފުނީގެ ދަށުން 1،500 އެއްހާ ޑްރައިވަރުން ދަފްތަރު ކުރެވި އަންނަނީ ދަތުރު ކުރަމުންނެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ހިތަށް އެރީމަ ޚިދްމަތްދޭ ގްރޫޕް

26 days ago

އިސްރާއިލުން އުޅޭ ގޮތަށް ޓެކްސީ ޑްރައިވަރުންވެސް ނޫޅެބަލަ.

ގޮހޮޑާ

26 days ago

ދަފްތަރު ކުރެވުނީމަ އެ ނިމުނީ؟ ޑްރައިަވރުންގެ އިހުމާލުންވާ ގެއްލުމުގެ އެއްވެސް ޒިންމާއެއް ނަގާބައެއް ނޫން އަވަސް އެޕް މެނޭޖްކުރާ މީހުންނަކީ. އެންމެ ފަހުންވެސް ޕްރީ ބުކިންގއެއް ހަދައިގެން ޑްރައިވަރު ނައިސްގެން ފްލައިޓް ޗެކިންގ ކްލޯޒް ކުރާތީ ގުޅީމަ ބުނަނީ ތިމަންނާމެން ކުރާނެކަމެއްނެތޯ؟ އިތުރު ޑްރައިވަރެއްވެސް ހަމަޖައްސައިނުދިން. މިވަރު ބަޔަކު މިއުޅެނީ ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ލިބިދާނެތީ ކަންބޮޑުވެގެން.

ދިވެހިމީހާ

26 days ago

ޓެކްސީ ޑުރައިވަރުންވެސް އަމަލުކުރިގޮތުން މިކަންމިގޮތައް ދިމާމިވީ. ގޮތް ދޫނުކޮށް ހިތައް އެރިގޮތަކަށް ކަންކަންކުރީ. ރައްޔިތުންނަށް ކިހާ ތަކުލީފެއް ޖެއްސިއްޖެ. ވަކި ސަރުކާރެއް ކިޔާނެކަމެއްނެތް. ދެއްކި އެއްވެސް ވާހަކައެއް ގަބޫލުކުރަން ބޭނުންނުވި. ހުށަހެޅި އެއްވެސް ގޮތެއް ކަމަކުނުދިޔަ. ޓެކްސީކުރާމީހުން ބޭނުންވާ ގޮތައްކަންކަންވާން ޖެހެނީ.

ބައްޔާ

26 days ago

ޓެކުސީދުއްވާމީހުނަށް އުޅެންނޭނގުނީމަވީގޮތް، މާލޭތެރޭގެ ދަތުރެއްވިއްޔަކާނުކުރެވޭ، ކުރެވެނީއެއާޕޯޓު ނޫނީ ހުޅުމާލެދަތުރުއެކަނި އެދަތުރުތަކަށްވެސް ނަގަނީ ހިތަށްއެރި އަގެއް. ސަރުކާރުންއުކުރަނީ ވަރަށްރަނގަޅުކަމެއް.