ރިޕޯޓު ނެރުން ކައިރިވެފައި އޮއްވައި އައިއެމްއެފްގެ ވަފުދަށް ކަނޑު އަޑީގެ ރެސްޓޯރަންޓުން ފިނޭންސް މިނިސްޓަރުގެ އަގުބޮޑު ކެއުމެއް

16 ފެބުރުވަރީ 2025 - 07:03 3

ލީވާން އަލީ ނާސިރު

ލ

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އައިއެމްއެފްގެ ވަފުދުގެ ބޭފުޅުން: އައިއެމްއެފްގެ ވަފުދު ރާއްޖެ އައިސްގެން އުޅެނީ އަހަރަކު އެއް ފަހަރު ހަދާ އާޓިކަލް 4 ރިވިއުއަށް -- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު


ރިޕޯޓު ނެރުން ކައިރިވެފައި އޮއްވައި އައިއެމްއެފްގެ ވަފުދަށް ކަނޑު އަޑީގެ ރެސްޓޯރަންޓުން ފިނޭންސް މިނިސްޓަރުގެ އަގުބޮޑު ކެއުމެއް

16 ފެބުރުވަރީ 2025 - 07:03 3

އިންޓަނޭޝަނަލް މަނަޓަރީ ފަންޑުން ކޮންމެ އަހަރަކު ވެސް ނެރޭ އަހަރީ ރިޕޯޓުތަކުގެ ތެރެއިން ދިވެހިރާއްޖެއާ ގުޅޭ އަހަރީ ރިޕޯޓު މި ހަފުތާގައި ނެރެން ހަމަޖެހިފައި އޮއްވައި، ރާއްޖެ އައިސް އުޅޭ އައިއެމްއެފްގެ ވަފުދަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަގުބޮޑު ކެއުމެއް ދެއްވައިފި އެވެ.

އައިއެމްއެފްގެ ވަފުދައް މިނިސްޓަރު ޒަމީރު ކެއުމެއް ދެއްވީ އާއިލާފުށި ރިސޯޓުގެ ކަނޑުއަޑީގެ ރެސްޓޯރަންޓު "އޮންލީ ބްލޫ އަންޑާއޯޝަން ރެސްޓޯރަންޓު" ގަ އެވެ. އަދަދު އަށް އެނގިފައިވާ ގޮތުގައި އައިއެމްއެފްގެ ވަފުދަށް މިނިސްޓަރު ކެއުން ދެއްވީ މިދިޔަ ބުދަ ދުވަހެވެ.

ރާއްޖެ އައިސް އުޅޭ އައިއެމްއެފްގެ ވަފުދުގައި ފަސް ބޭފުޅަކު ހިމެނެ އެވެ. އެއީ ހެޑް އޮފް ޕިޔަޕޯން ނިކީ ސޮޑްސްރިވިބޫން އާއި ސީނިއާ އިކޮނޮމިސްޓް، ހާމިދު ތަބަރޭއީ އާއި އިކޮނޮމިސްޓް، ޖިން ލީ އާއި އިކޮނޮމިސްޓް، މަނަބޫ ނޯސް އާއި އެޑްވައިޒާ ޓު އެގްޒެކެޓިވް ޑިރެކްޓާ، އަލީ އަބްދުއްރަހީމް އެވެ.

މިނިސްޓަރު ޒަމީރު ދެއްވި ކެއުމާ ގުޅޭ ގޮތުން ކޮމެންޓެއް ހޯދަން މި ނޫހުން ފިނޭންސް މިނިސްޓްރީއަށް ގުޅި ނަމަވެސް މިހާތަނަށް އެކަމާ ގުޅޭ ބަހެއް ލިބިފައެއް ނުވެ އެވެ.

ރާއްޖެ އަންނަ އައިއެމްއެފްގެ ވަފުދަށް މީގެ ކުރިން ވެސް ސަރުކާރުތަކުން މެންދުރު ނުވަތަ ރޭގަނޑު ކެއުން ދެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި މިހާ ހާއްސަ ރެސްޓޯރަންޓަކުން، މިހާ އަގުބޮޑު ކެއުމެއް މީގެ ކުރިން އައިއެމްއެފްގެ ވަފުދުން ގަބޫލުކޮށްފައެއް ނުވެ އެވެ.

"އައިއެމްއެފް ކޯޑް އޮފް ކޮންޑަކްޓް ފޯ ސްޓާފް" ގައި ހޮސްޕިޓާލިޓީ ގަބޫލު ކުރުމާ ގުޅޭ ގޮތުން އެއްޗެއް ބުނެފައެއް ނެތެވެ. ނަމަވެސް ކޯޑް އޮފް ކޮންޑަކްޓުގައި ބުނެފައިވާ ގޮތުން ހަދިޔާ ގަބޫލު ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އަދި ލިބޭ ހަދިޔާއެއް 100 އެމެރިކާ ޑޮލަރަށް ވުރެ އަގުބޮޑު ނަމަ އެކަން އައިއެމްއެފްއަށް ރިޕޯޓު ކުރަންޖެހޭނެ އެވެ.

އޮންލީ ބްލޫ އަންޑާއޯޝަން ރެސްޓޯރަންޓަކީ މޫދުގެ ހަ މީޓަރު އަޑީގައި ހަދާފައި ހުންނަ ރެސްޓޯރަންޓެކެވެ. އެއީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރަންޓެވެ.

28.57%

0.00%

57.14%

14.29%

މި ލިޔުން ކިޔާލުމުން


ބީވާ

26 days ago

އައިލާފުއްޓަކީ މިނިސްޓަރ ޒަމީރުގެ ރިސޯޓެއްކަންވެސް ލިޔެލިނަމަ

ލައިޓް

26 days ago

އިނގިރޭސިވިލާތުގެ މިހާރުގެ ޗާންސެލަރ އޮފް އެކްސްޗެކަރ ހޫނުފެނަށް ވެއްޓިގެން އުޅެނީ އެހެން އޮފީހެއްގައި އުޅުއްވި އިރު 400 ޑޮލަރު އެރި ކެއުމެއް ދީގެން! ރާއްޖޭގައި…. މިލިއަނުން!

ވާނެވަރު

26 days ago

100 ޑޮލަރުގެ ހަދިޔާއަށްވުރެ މާބޮޑު ހަދިޔާއެއްް ތިޔަ ވެދުންކުރީ. ގައުމު ހަފުސްކޮށްފި.