Advertisement

ނަޒާހާއަށް ހުކުމް ކުރުމުގެ ކުރިން އުއްތަމަ ފަނޑިޔާރު ކިޔައިދެއްވީ އިހުސާންތެރިކަމާ އެކު، ޖަޒުބާތުގައި ނުޖެހި ހުކުމް ކުރުމުގެ މުހިންމުކަން

16 ފެބުރުވަރީ 2025 - 05:55 1

ލީވާން އަލީ ނާސިރު

ލ

Advertisement


ނަޒާހާއަށް ހުކުމް ކުރުމުގެ ކުރިން އުއްތަމަ ފަނޑިޔާރު ކިޔައިދެއްވީ އިހުސާންތެރިކަމާ އެކު، ޖަޒުބާތުގައި ނުޖެހި ހުކުމް ކުރުމުގެ މުހިންމުކަން

16 ފެބުރުވަރީ 2025 - 05:55 1

Advertisement

Advertisement

ކުރީގެ ފިރިމީހާ މަރާލިކަމުގެ ކުށް ސާބިތުވި މަރިޔަމް ނަޒާހާގެ މައްޗަށް އިއްވި އުމުރު ދުވަހުގެ (25 އަހަރުގެ) ޖަލު ހުކުމް ސުޕްރީމް ކޯޓުން ވެސް ދަމަހައްޓަން ކުރި ހުކުމުގެ ކުރިން އެ މައްސަލައަށް އިޝާރާތް ކުރައްވައި އިހުސާންތެރިކަމާ އެކު ނަމަވެސް ޖަޒުބާތުގައި ނުޖެހި ހުކުމް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވާހަކަ ދައްކަވައިފި އެވެ.

މައްސަލައިގައި ނަޒާހާގެ މައްޗަށް އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމް ދަމަހައްޓަން ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު މެންދުރު ނިންމެވީ އުއްތަމަ ފަނޑިޔާރު އާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު އަޒްމިރާލްދާ އެވެ. އެކަމަކު ފަނޑިޔާރު ޝުޖޫން އަދި ޑރ. މުހައްމަދު އިބްރާހިމް ރައުޔު އިއްވެވީ އުމުރު ދުވަހުގެ ޖަލު ހުކުމް ބާތިލު ކުރުމަށެވެ.

Advertisement

ބުރާސްފަތި ދުވަހު ހެނދުނު ކޯޓުތަކަށް މެޖިސްޓްރޭޓުން އައްޔަނު ކުރުމުގެ ރަސްމިއްޔާތުގައި އުއްތަމަފަނޑިޔާރު ވިދާޅުވީ މައްސަލަތައް ވަގުތުން ވަގުތަށް ނިންމާއިރު ދެވެނީ އިންސާފުތޯ ބަލައި، އެއްވެސް ގޮތަކަށް ޖަޒުބާތުގައި ޖެހިގެން ނުވާނެ ކަމަށެވެ.

"އެހެންވީމަ މި ދެންނެވީ މިއީ މީގެ ބުރަކަމަކީ. މި ވިސްނަން ޖެހެނީ. މި ވަގުތުން ވަގުތަށް މި ނިންމާއިރު މީގެ ތެރެއަށް ވަދެ މި ދެވެނީ އިންސާފުތޯ ބަލަން ޖެހެނީ. މީގައި އިހުސާންތެރިކަމާ އެއްކޮށް ވިސްނި ކަމުގައި ވިޔަސް ޖަޒުބާތުގައި ޖެހިގެން ނުވާނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މައްސަލައިގެ ހުކުމުގެ ކުރިން ބުދަ ދުވަހުގެ ރޭ ދަންވަރު ހުކުމާ މެދު ވަރަށް ބޮޑަށް ވިސްނެވިކަން ފާހަގަކުރައްވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ ރޭ 12:00 ޖެހީއްސުރެ 2:00 ޖަހަންދެން އެނދު މަތީގައި ފުރޮޅި ފޮރޮޅިލާ އޮންނެވި ކަމަށެވެ.

Advertisement

މީގެއިތުރުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ ރޭ ފަނޑިޔާރުން ތިބޭ ގްރޫޕަކަށް މެސެޖެއް ކުރުމަށްފަހު، އެ މެސެޖު ފޮހެލި ކަމަށެވެ.

"އެކަމަކު އެ ރައުޔުއާ ދޭތެރޭ ވިސްނާފައި. އެއީ ބޮޑު ކަމަކަށްވާތީ ދެ ފަރާތަށް ފުރޮޅި ފުރޮޅި އެނދުގައި އޮތިން 2:00 ޖަހަންދެން. އޮވެފައި ހިތަށް އެރީ ފަނޑިޔާރުންނަށް މެސެޖެއް ވެސް ކޮށްލާނަމޭ. މިހާރު ފަނޑިޔާރު ފަހަރުގައި އޮވެދާނެ އެނގޭތޯ، ފަނޑިޔާރު މުހައްމަދު އިބްރާހިމް ހުންނެވީމަ ހުރިހާ ފަނޑިޔާރުން ހިމެނޭ ގްރޫޕަކަށް ދެން ގާތްގަނޑަކަށް 1:00 ޖަހާއިކަށްހާއިރު މެސެޖެއް ކުރެވުނު. ކޮށްފައި ހިތަށް އެރީ ނޫނޭ މިހާރު މާ ދަންކޮށޭ މި މެސެޖު މިކުރެވުނީ. އެހެންވީމަ ފޮހެލާނީއޭ. ފޮހެލާފައި އޮންނާނީ އެނގޭތޯ."

"މިއަދު އަޅުގަނޑު އެބަ ހުކުމެއް ކުރަން. އެނގޭތޯ. އެއީ މިއަދު 11:00 ޖަހާއިރު އޮތް މައްސަލަ. ރޭގައި 12:00 ޖެހީއްސުރެ 2:00 ޖަހަންދެން ހޭލާ ހުރިން. ކޮން ކަމެއްތޯ ކުރީ. ވިސްނަން. އިތުރު އެއްވެސް ކަމެއް ނުކުރަން. ލިޔެ ނިމިފައި އޮތީ އެނގޭތޯ. އިތުރު މާ ބޮޑު ވާހަކައެއް. އިތުރު މާ ބޮޑު އެއްޗެއް އެއަށް އިތުރު ކުރާކަށް ވެސް ނެތް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ނަޒާހާގެ މައްޗަށް އިއްވި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި

އުއްތަމަ ފަނޑިޔާރުގެ ރައުޔުގައި ވިދާޅުވީ ޝާޑު ގަޔަށް ނަޒާހާ ވަޅި ހެރީ އެއްޗެއް ނަގަން ގުދުވި ވަގުތު ކަމަށެވެ. މިގޮތުން އެވަގުތު ދެމީހުންގެ މެދުގައި ކަންކަން ހިނގައި ދިޔަ ގޮތަށްބަލާއިރު އެކަން ކުރީ ނަޒާހާގެ ފުރާނަ ސަލާމަތް ކުރުމަށް އޮތް ހަމައެކަނި ގޮތް ކަަމަށް ނުބެލެވޭ ކަމަށް.

ނަޒާހާގެ މައްޗަށް އިއްވި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި

އުއްތަމަ ފަނޑިޔާރުގެ ރައުޔުގައި ވިދާޅުވީ ޝާޑު ގަޔަށް ނަޒާހާ ވަޅި ހެރީ އެއްޗެއް ނަގަން ގުދުވި ވަގުތު ކަމަށެވެ. މިގޮތުން އެވަގުތު ދެމީހުންގެ މެދުގައި ކަންކަން ހިނގައި ދިޔަ ގޮތަށްބަލާއިރު އެކަން ކުރީ ނަޒާހާގެ ފުރާނަ ސަލާމަތް ކުރުމަށް އޮތް ހަމައެކަނި ގޮތް ކަަމަށް ނުބެލެވޭ ކަމަށް.

ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އެވެ.

އުއްތަމަ ފަނޑިޔާރުގެ ރައުޔުގައި ވިދާޅުވީ ޝާހިދުގެ ގަޔަށް ނަޒާހާ ވަޅި ހެރީ އެއްޗެއް ނަގަން ގުދުވި ވަގުތު ކަމަށެވެ. މިގޮތުން އެވަގުތު ދެމީހުންގެ މެދުގައި ކަންކަން ހިނގައި ދިޔަ ގޮތަށްބަލާއިރު އެކަން ކުރީ ނަޒާހާގެ ފުރާނަ ސަލާމަތް ކުރުމަށް އޮތް ހަމައެކަނި ގޮތް ކަަމަށް ނުބެލެވޭ ކަމަށެވެ.

"މަރިޔަމް ނަޒާހާގެ ނަފްސު އެވަގުތު ނުރައްކަލަކަށް ހުށަހެޅިފައިވާކަން ދަލާލަތު ކޮށްދޭ އެއްވެސް ކަމެއް ނެތްކަން ފާހަގަކުރެވޭ. މިގޮތުން މި މާއްދާގެ ދަށުން ނަޒާހާއަށް ނަފްސުގެ ދިފާއު ލިބޭނެ ހަމައެއް ނެތް،" އުއްތަމަ ފަނޑިޔާރުގެ ރައުޔުގައި ވިދާޅުވި އެވެ.

ޝަރީއަތުގެ މަޖިލީހުގައި ނަޒާހާ ބުނެފައިވާ ގޮތުގައި ޝާހިދަށް ހަމަލާ ދެވުނީ އޭރު ތަހައްމަލު ކުރަން ޖެހިފައިވާ އަނިޔާގެ ސަބަބުން ނަފްސާނީ ހާލަތެއްގައި ހުރެގެންނެވެ. ނަމަވެސް, ހައި ކޯޓުން ވެސް ނިންމާފައިވަނީ އެކަން ނަޒާހާއަށް ސާބިތުކޮށް ނުދެވޭ ކަމާއި އެކަމަކު ގަސްދުގައި މީހަކު މަރާލުމުގެ ހުރިހާ ރުކުނެއް ސާބިތުވާ ކަމަށެވެ.

ނަޒާހާގެ މައްޗަށް މަރުގެ ކުށް ސާބިތުވި ނަމަވެސް, އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިނުވަނީ ޝާހިދުގެ ވާރިސުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެހެން މީހުން އެކަމަށް އިއުތިރާޒު ކުރުމުންނެެވެ. އެމީހުން ބުނެފައިވަނީ މަރަށް މަރު ހިފަން ވެސް އަދި ނަޒާހާގެ ފަރާތުން މަރުގެ ދިޔަ ވެސް ބޭނުން ނުވާ ކަމަށެވެ. އެހެންވެ, ތައުޒީރީ އަދަބެއްގެ ގޮތުން އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ އެވެ.

Advertisement

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ދަންނަ މީހަކު ބުނީ

28 days ago

ތިޔަ މައްސަލައެއް އުއްތަމަ ފަނޑިޔާރު އަތުގަ އޮންނަތާ ހަތަރު އަހަރު، މިއޮއް ހުރިހާ ދުވަހު ބާއަތޮޅުގަ މަސްބާނަން އުޅެފަ އައިސް ތިޔަ ހުކުމެއް ކޮށްފަ އޭނަ އެބޮތް ނިދާފަ