Advertisement

އެމްޓީސީސީގެ ސީއޯއޯ އަކަށް ސިނާން އަލީ

16 ފެބުރުވަރީ 2025 - 08:21 4

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޓީސީސީގެ ސީއޯއޯ ސިނާން އަލީ


އެމްޓީސީސީގެ ސީއޯއޯ އަކަށް ސިނާން އަލީ

16 ފެބުރުވަރީ 2025 - 08:21 4

މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންސްޓަރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ)ގެ މަގާމަށް، އެ ކުންފުނީގެ ބޯޑުގައި ކުރިން ހުންނެވި ސިނާން އަލީ އައްޔަންކޮށްފި އެވެ.

އެ މަގާމަށް ސިނާން އައްޔަން ކުރީ ނިމިގެން ދިޔަ ހަފުތާގެ ތެރޭގައި ކަމަށް، އެމްޓީސީސީގެ ބައެއް އޮފިޝަލުން "އަދަދު" ނޫހަށް ވިދާޅުވި އެވެ.

މީގެ ކުރިން ސިނާން ވަނީ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ބޯޑުގައި މަސައްކަތް ކުރައްވައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސްޓެލްކޯގެ ޗެއާމަނަކަށް ސިނާން އައްޔަން ކުރުމަށް ފަހު، ގިނަ ދުވަސްތަކެއް ނުވެ އެމްޓީސީސީގެ ބޯޑު މެންބަރަކަށް ބަދަލުކުރި އެވެ. އައިލެންޑް އޭވިއޭޝަންގެ ބޯޑުގައި ވެސް އޭނާ ހުންނެވި އެވެ. އަދި ނިމިގެންދިޔަ އެމްޑީޕީގެ ވެރިކަމުގައި ހުންނެވީ އެމްޓީސީސީގެ ބޯޑު މެންބަރަކަށެވެ.

ސިނާންއަކީ، އޭނާގެ އަމިއްލަ ނޫސް، ވަން އޮންލައިންގެ ޗީފް އޮޕަރޭޓީން އޮފިސަރެވެ. "މިއަދު" ނޫހުން ނޫސްވެރިކަން ފެށުމަށް ފަހު ސިނާން، "ހަވީރު" ނޫހަށް ބަދަލުވި އެވެ. އެއަށް ފަހު ގިނަ އަހަރުތަކެއް ވަންދެން ސަން އޮންލައިން އާއި ސަން ޓީވީގެ ސީއީއޯގެ މަގާމުގައި އޭނާ ހުންނެވި އެވެ.