Advertisement

ވެލިގާ ހާޑްވެއާ ހުޅުމާލެ ފޭސް 2 އައުޓްލެޓުން މިއަދު ހަވީރު ޓޫލްސްތަކުގެ އަޖުމަ ބަލާލުމުގެ ފުރުސަތު

14 ފެބުރުވަރީ 2025 - 13:12 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވެލިގާ ހުޅުމާލެ ފޭސް 2 އައުޓްލެޓު ހުޅުވުން -- ފޮޓޯ: އަދަދު


ވެލިގާ ހާޑްވެއާ ހުޅުމާލެ ފޭސް 2 އައުޓްލެޓުން މިއަދު ހަވީރު ޓޫލްސްތަކުގެ އަޖުމަ ބަލާލުމުގެ ފުރުސަތު

14 ފެބުރުވަރީ 2025 - 13:12 0

ވެލިގާ ހާޑްވެއާއިން ހުޅުމާލެ ފޭސް 2 ގައި ރޭ ހުޅުވި އައުޓްލެޓުން ވިއްކާ ޓޫލްސްތަކުގެ އަޖުމަ ބަލާލުމުގެ ފުރުސަތު ދިނުމަށް ހާއްސަ އިވެންޓެއް މިއަދު ހަވީރު ބޭއްވުމަށް ނިންމައިފި އެވެ.

ވެލިގާ ހާޑްވެއާއިން ބުނީ ހުޅުމާލެ ފޭސް 2 ވިނަރެސް ޓަވަރު 2 ގައި ހަވީރު 4:00 ޖަހާއިރު އޮންނަ އިވެންޓުގައި އުފެއްދުންތަކުގެ ފީޗާތައް ބަލާލައި، އަޖުމަ ބަލައިލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މިގޮތުން އުފެއްދުންތަކާ ބެހޭ މައުލޫމާތުތައް ބްރޭންޑް ރިޕްރެޒެންޓޭޓިވްސް ލައްވައި ކަސްޓަމަރުންނަށް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ވެލިގާއިން ބުންޏެވެ.

މީގެއިތުރުން އިވެންޓުގެ ތެރޭގައި ގިވްއަވޭތައް ދިނުމާއި އިތުރު ކަންކަން ވެސް ރާވާފައިވެ އެވެ.

ވެލިގާ ހާޑްވެއާގެ ސޭލްސް މެނޭޖަރު، މިފްޒާން މުހައްމަދު ވިދާޅުވީ އާ ފިހާރައިން ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ގިނަ އުފެއްދުންތައް ލިބެން ހުންނާނެ ކަމަށާއި އޭގެ ތެރޭގައި ކްލީނިން ސޮލިއުޝަން ފާހަގަކޮށްލެވޭ ކަމަށެވެ.

ހުޅުމާލެ ފޭސް 2 ގައި ހުޅުވި އައުޓްލެޓުން ޕަވާ ޓޫލްސް، ހޭންޑް ޓޫލްސް، ކޮންސްޓްރަކްޝަން މެޓީރިއަލްސް، އިލެކްޓްރިކަލް އަދި ޕްލަބިން ސަޕްލައިސް، ކޮންސްޓްރަކްޝަން އިކިއުޕްމަންޓްސް، އެކި ވައްތަރުގެ ކުލަ އަދި ހޯމް އިމްޕްރޫވްމަންޓް ސޮލިއުޝަންތައް ލިބެ އެވެ.

އެ ފިހާރައިން "ވިޒިޓް އެންޑް ވިން" ޕްރޮމޯޝަނެއް ވެސް ފަށާފައިވާއިރު، މިއަދުން ފެށިގެން ފެބްރުއަރީ 21، ގެ ނިޔަލަށް ފިހާރައަށް ގޮސް ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 10،000ރ. ގެ ގިފްޓް ވައުޗަރެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ވެލިގާ ހުޅުމާލެ ފޭސް 2 އައުޓްލެޓު ހުޅުވުން -- ފޮޓޯ: އަދަދު


އަދި ޕްރޮމޯޝަން މުއްދަތުގައި ފިހާރަށް ޒިޔާރަތްކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ނެގޭ ލަކީ ޑްރޯއިން ހޮވޭ އިތުރު 10 މީހަކަށް ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ވެލިގާ ހާޑްވެއާ އަދި އެ ކުންފުނީގެ ދަށުން ހިންގާ ބްލަންކްގެ ފިހާރަތަކުން 50 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ރޯދަ ސޭލްއެއް ވެސް ވެލިގާ ހާޑްވެއާއިން ވަނީ ފަށައިފަ އެވެ.

ރޯދަ މަހުގެ ނިޔަލަށް ކުރިއަށްދާ މި ސޭލްގައި 100ރ. ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. ޕްރޮމޯޝަންގެ ބޮޑު އިނާމަކަށް 20،000ރ. ގެ ވައުޗަރެއް އަދި އިތުރު 10 ނަސީބުވެރިޔަކަށް 5،000ރ. ގެ ވައުޗަރު ދޭނެ އެވެ.

ފާހާނާ އާއި ގޭތެރެ ޑިޒައިން ކުރުމަށް ބޭނުންވާ ފެންވަރު ރަނގަޅު ސާމާނު އެއްތަނަކުން ފޯރުކޮށްދިނުމުގެ ބޭނުމުގައި "ބްލަންކް" ބްރޭންޑުގެ ދަށުން މާލެ އަދި ހުޅުމާލެ ފޭސް 1 ގައި ވެސް ފިހާރައެއް ހުރެ އެވެ.

ވެލިގާ އޮންލައިން ފިހާރައިން ހުރިހާ ސާމާނުތައް ވަގުތުން ބަލައި އޯޑަރު ދެވޭނެ އެވެ. ޑެލިވާ ވެސް ކޮށްދެ އެވެ.

މީގެ 15 އަހަރު ކުރިން 2008 އިން ފެށިގެން ހާޑްވެއާގެ ވިޔަފާރި ކުރަމުން އަންނަ ވެލިގާއަކީ މިހާރު ރާއްޖޭގެ ހާޑްވެއާ ވިޔަފާރީގައި އެންމެ މަތީފަންތީގައި ގުނާލެވޭ، އަދި ދުނިޔޭގެ މަޝްހޫރު އެތައް ބްރޭންޑެއް ވިއްކާ ކުންފުންޏެވެ.

ވެލިގާއިން ވިއްކާ ބްރޭންޑްތަކުގެ ތެރޭގައި މެޓާބޯ، ޔާޓޯ، ސަޓާ، ނިފެކްސް، ވެރާ، ވީއާރުއެޗް، މެޑްކާފަދަ ބްރޭންޑްތައް ހިމެނެ އެވެ.