Advertisement

ވެލިގާއިން ހޯމީ ބްރޭންޑްގެ ސިލިކޯން، ފޯމް އަދި ސްޕްރޭ ވިއްކަން ފަށައިފި

26 ޑިސެންބަރު 2024 - 17:11 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވެލިގާގައި ހޯމޯ ބްރޭންޑްގެ އުފެއްދުންތައް: ވެލިގާގެ ފިހާރަތަކުން މިހާރު ލިބެން ހުންނާނެ -- ފޮޓޯ: ވެލިގާ


ވެލިގާއިން ހޯމީ ބްރޭންޑްގެ ސިލިކޯން، ފޯމް އަދި ސްޕްރޭ ވިއްކަން ފަށައިފި

26 ޑިސެންބަރު 2024 - 17:11 0

ވެލިގާ ހާޑްވެއާއިން ރާއްޖޭގެ މާކެޓަށް "ހޯމީ" ބްރޭންޑުގެ ސިލިކޯން، ފޯމް އަދި ސްޕްރޭ ވިއްކަން ފަށައިފި އެވެ.

ވެލިގާއިން ބުނީ ހޯމީގެ އުފައްދުންތައް މިހާރު ވެލިގާގެ ހުރިހާ ފިހާރަތަކުން އަދި ވެލިގާގެ ވެބްސައިޓުން ކަސްޓަމަރުންނަށް ލިބެން ހުންނާނެ ކަމަށެވެ.

އެ ގޮތުން ވެލިގާއިން ލިބެންހުރި ހޯމީ ބްރޭންޑުގެ އުފެއްދުންތަކަކީ ރާއްޖޭގެ ބާޒާރުން މިހާރު ލިބެންހުރި އެ ބާވަތުގެ އުފެއްދުންތަކަށްވުރެ އަގުހެޔޮ އަދި ކޮލިޓީވާނެ ކަމަށް އެ ކުންފުނިން ފާހަގަކުރި އެވެ.

ރާއްޖޭގައި މީގެ 15 އަހަރު ކުރިން 2008 ގައި ހާޑްވެއާގެ ވިޔަފާރި ކުރަމުން އަންނަ ވެލިގާއަކީ މިހާރު ރާއްޖޭގެ ހާޑްވެއާ ވިޔަފާރީގައި އެންމެ މަތީފަންތީގައި ގުނާލެވޭ، އަދި ދުނިޔޭގެ މަޝްހޫރު އެތައް ބްރޭންޑެއް ވިއްކާ ކުންފުންޏެވެ.

ވެލިގާގައި ހޯމޯ ބްރޭންޑްގެ އުފެއްދުންތައް: ފިހާރަތަކުން މިހާރު ލިބެން ހުންނާނެ -- ފޮޓޯ: ވެލިގާ


ވެލިގާއިން ވިއްކާ ބްރޭންޑްތަކުގެ ތެރޭގައި މެޓާބޯ، ޔާޓޯ، ސަޓާ، ނިފެކްސް، ވެރާ، ވީއާރުއެޗް، މެޑްކާފަދަ ބްރޭންޑްތައް ހިމެނެ އެވެ.

ވެލިގާގެ ހިދުމަތް އަވަހަށްދީ ވިޔަފާރި ފުޅާ ކުރުމުގެ ގޮތުން ހާޑްވެއާ ފަސް ފިހާރައެއް މާލެ އާއި ހުޅުމާލޭގައި ވަނީ ހުޅުވާފަ އެވެ.

މީގެއިތުރުން ފާހާނާ އާއި ގޭތެރެ ޑިޒައިން ކުރުމަށް ބޭނުންވާ ފެންވަރު ރަނގަޅު ސާމާނު އެއްތަނަކުން ފޯރުކޮށްދިނުމުގެ ބޭނުމުގައި "ބްލަންކް" ބްރޭންޑުގެ ދަށުން މާލެ އަދި ހުޅުމާލެ ފޭސް 1 ގައި ވެސް ފިހާރައެއް ހުޅުވައި ދަނީ ހިދުމަތް ދެމުންނެވެ.