5 ފެބުރުވަރީ 2025 - 16:59 0
ލީވާން އަލީ ނާސިރު
ވެލިގާ ހާޑްވެއާގެ ފިހާރައެއް: ވެލިގާ ރޯދަ ސޭލްގައި 50 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭ
5 ފެބުރުވަރީ 2025 - 16:59 0
ވެލިގާ ހާޑްވެއާ އަދި އެ ކުންފުނީގެ ދަށުން ހިންގާ ބްލަންކްގެ ފިހާރަތަކުން 50 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ރޯދަ ސޭލް ފަށައިފި އެވެ.
ރޯދަ މަހުގެ ނިޔަލަށް ކުރިއަށްދާ މި ސޭލްގައި 100ރ. ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. ޕްރޮމޯޝަންގެ ބޮޑު އިނާމަކަށް 20،000ރ. ގެ ވައުޗަރެއް އަދި އިތުރު 10 ނަސީބުވެރިޔަކަށް 5،000ރ. ގެ ވައުޗަރު ދޭނެ އެވެ.
ޕްރޮމޯޝަން ކުރިއަށް ގެންދަނީ އޮންލައިން ކޫޕަން ސިސްޓަމެއް ބޭނުން ކޮށްގެން ކަމަށްވާއިރު، ވިޔަފާރި ކުރާ ކަސްޓަމަރުގެ ފޯނު ނަންބަރު ދިނުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
"ޕްރޮމޯޝަންގައި ބައިވެރިވެފައިވާކަން އެންގުމުގެ ގޮތުން ކަސްޓަމަރަށް މެސެޖެއް ފޮނުވާނެ. މި މެސެޖުގައިވާ ލިންކަށް ފިތާލުމުން ކަސްޓަމަރަށް ލިބިފައިވާ ކޫޕަންގެ ތަފްސީލު ފެނިގެންދާނެ،" ވެލިގާ ފިހާރައިން ބުންޏެވެ.
ވެލިގާ ބްރޭންޑްގެ ޖުމްލަ ފަސް ފިހާރައެއް މާލޭ ސަރަހައްދުގައި ހުންނައިރު، ހުޅުމާލެ ފޭސް 2 ގައި އިތުރު ފިހާރައެއް ހުޅުވުމަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ.
ފާހާނާ އާއި ގޭތެރެ ޑިޒައިން ކުރުމަށް ބޭނުންވާ ފެންވަރު ރަނގަޅު ސާމާނު އެއްތަނަކުން ފޯރުކޮށްދިނުމުގެ ބޭނުމުގައި "ބްލަންކް" ބްރޭންޑުގެ ދަށުން މާލެ އަދި ހުޅުމާލެ ފޭސް 1 ގައި ވެސް ފިހާރައެއް ހުރެ އެވެ.
ވެލިގާ އޮންލައިން ފިހާރައިން ހުރިހާ ސާމާނުތައް ވަގުތުން ބަލައި އޯޑަރު ދެވޭނެ އެވެ. ޑެލިވާ ވެސް ކޮށްދެ އެވެ.
މީގެ 15 އަހަރު ކުރިން 2008 އިން ފެށިގެން ހާޑްވެއާގެ ވިޔަފާރި ކުރަމުން އަންނަ ވެލިގާއަކީ މިހާރު ރާއްޖޭގެ ހާޑްވެއާ ވިޔަފާރީގައި އެންމެ މަތީފަންތީގައި ގުނާލެވޭ، އަދި ދުނިޔޭގެ މަޝްހޫރު އެތައް ބްރޭންޑެއް ވިއްކާ ކުންފުންޏެވެ.
ވެލިގާއިން ވިއްކާ ބްރޭންޑްތަކުގެ ތެރޭގައި މެޓާބޯ، ޔާޓޯ، ސަޓާ، ނިފެކްސް، ވެރާ، ވީއާރުއެޗް، މެޑްކާފަދަ ބްރޭންޑްތައް ހިމެނެ އެވެ.
Comment