Advertisement

ސައުދީއާ ވިޔަފާރި ގުޅުން ބަދަހިކުރާ އެމްއޯޔޫއަށް ރުހުން ލިބިއްޖެ

13 ފެބުރުވަރީ 2025 - 18:17 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މިދިޔަ އޮކްޓޫބަރު މަހު ސައުދީއަރަބިއްޔާއަށް ކުރެއްވި ދަތުރުގެ ތެރެއިން ދެ ގައުމުގެ ވިޔަފާރި ގުޅުން ވަރުގަދަ ކުރުމަށް އެމްއޯޔޫގައި ސޮއި ކުރުން -- ފޮޓޯ: އިކޮނޮމިކް މިިނިސްޓްރީ


ސައުދީއާ ވިޔަފާރި ގުޅުން ބަދަހިކުރާ އެމްއޯޔޫއަށް ރުހުން ލިބިއްޖެ

13 ފެބުރުވަރީ 2025 - 18:17 0

ސައުދީއަރަބިއްޔާ އާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރަން މިދިޔަ އޮކްޓޫބަރު މަހު ސޮއިކުރި އެމްއޯޔޫއަށް ސައުދީގެ ވަޒީރުންގެ މަޖިލީހުން ރުހުން ދީފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އެމްއޯޔޫއަށް ސައުދީގެ ވަޒީރުންގެ މަޖިލީހުން ރުހުން ލިބުމާއެކު ރާޢްޖެ އާއި ސައުދީ އާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިވެ ދެ ގައުމަށް ވެސް ފައިދާތަކެއް ވާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ އެ އެމްއޯޔޫގެ ދަށުން އިންވެސްޓުމަންޓުގެ ފުރުސަތުތައް ފަހިވެ، މާލީ ގުޅުންތައް ކުރިއަރައިދިޔުމުގެ އިތުރުން ފަތުރުވެރިކަމަށާއި އިމާރާތް ކުރުމުގެ ދާޢިރާއަށް އެ ގައުމުން އިންވެސްޓުމެންޓުތައް ލިބޭނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން އިތުރަށް ބުނީ މިއީ ދެ ގައުމަށް މަންފާވާ ކަންކަމުގައި ވިޔަފާރީ ދާއިރާއިން ގުޅިގެން މަސައްކަތް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ގެންގުޅުއްވާ އަމާޒަށް ވެސް ފަހިކޮށްދޭ ގުޅުމެއް ކަމަށެވެ.

ސައުދީއަކީ ރާއްޖެއަށް ގިނަ ދާއިރާތަކުން މިހާރު ވެސް އެހީވަމުން އަންނަ ގައުމެކެވެ. ރާއްޖޭގައި މައި އެއާޕޯޓު, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް މަޝްރޫއަށް ވެސް އެ ގައުމުގެ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ވަނީ ބޮޑު ލޯނެއް ދޫކޮށްފަ އެވެ.

އޭގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް މަސައްކަތްތަކަށާއި ރަށްރަށުގައި ސިއްހީ ވަސީލަތްތައް ތަރައްގީކުރަން ކުރާ މަސައްކަތަށް ވެސް އެ ގައުމުން ވަނީ ހިލޭ އެހީ އާއި ލޯނުތައް ދޫކޮށްފަ އެވެ.

ސައުދީ ފަންޑުގެ ދަށުން ރާއްޖޭގައި މިހާތަނަށް 16 މަޝްރޫއެއް ހިންގަން 470 މިލިއަން ޑޮލަރުގެ ލޯނު ދީފައިވެ އެވެ.