ޓެކްސީ ލައިން ހެދުމާ ދެކޮޅަށް އިހުތިޖާޖުކުރި ޑްރައިވަރުންނަށް ދައުވާ އުފުލައިފި

13 ފެބުރުވަރީ 2025 - 12:27 3

ލީވާން އަލީ ނާސިރު

ލ

ޓެކްސީ ޑްރައިވަރު ޝާމިން ހައްޔަރުކުރުމުގެ ތެރެއިން: އޭނާ ހިމެނޭހެން ތިން ޓެކްސީ ޑްރައިވަރުންނަށް ވަނީ ދައުވާ އުފުލާފައި -- ފޮޓޯ: އަދަދު


ޓެކްސީ ލައިން ހެދުމާ ދެކޮޅަށް އިހުތިޖާޖުކުރި ޑްރައިވަރުންނަށް ދައުވާ އުފުލައިފި

13 ފެބުރުވަރީ 2025 - 12:27 3

ސަރުކާރުން ޓެކްސީ ލައިނެއް ހަދައި ހިދުމަތް ދޭން ތައްޔާރުވަމުންދާތީ، ހައިވޭއަށް އަރަން އޮންނަ ނިރޮޅު މަގު ބަންދުވާ ގޮތަށް ކާރުތައް ޕާކުކޮށް އިހުތިޖާޖުކުރި މައްސަލައިގައި ތިން ޓެކްސީ ޑްރައިވަރަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ދައުވާ އުފުލައިފި އެވެ.

ޕީޖީން ދައުވާ އުފުލީ މއ. ވިރާހު، މުހައްމަދު ޝާމިން، 39 އާއި މއ. ނަހީދީމަންޒިލް، މިސްބާހް ޝަރީފް، 31 އަދި ހދ. ކުމުންދޫ، ހޮލިޑޭވިލެޖް، ނުއުމާން އަހްމަދު، 36 ގެ މައްޗަށެވެ. އެ ތިން ޑްރައިވަރުންނަށް ދައުލަތުން ދައުވާ އުފުލީ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅި ކަމަށް ތުހުމަތުކޮށްފަ އެވެ.

ދައުވާތަކާ ގުޅިގެން ޑްރައިވާސް އެސޯސިއޭޝަންގެ އިންތިޒާމް ސެކެޓްރީ މިސްބާހު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ތިން ޑްރައިވަރުންގެ މައްޗަށް ދައުވާ އުފުލިކަން އެންގީ ސަރުކާރުން އިއްޔެ ޓެކްސީ ލައިންގެ ހިދުމަތް ފަށަން އެމްޓީސީސީއާ ހަވާލުކުރިތާ ބައިގަޑިއިރެއްހާއިރު ތެރޭގައި ކަމަށެވެ.

"ޑްރައިވަރުންގެ ހައްގުގައި ވަކާލާތު ކޮށްގެން ހައްޔަރަށް ދާން ޖެހިއްޖެ ހާލަތެއްގައި ފަސް ނުޖެހިގެން ކެރިގެން މިހުރީ. ބިރެއް ނުދެއްކޭނެ އަނގައިގައި ތަޅެއް ނޭޅުވޭނެ،" އޭނާ ބުންޏެވެ.

ސަރުކާރުން ޓެކްސީލައިން ހެދުމާ ދެކޮޅަށް އިހުތިޖާޖުކޮށްގެން ޓެކްސީ ޑްރައިވަރުންތަކެއް ހައްޔަރުކޮށް، 20 އަށްވުރެ ގިނަ ޓެކްސީ ޓޯކުރި އެވެ. މިގޮތުން ހައްޔަރުކުރި ޓެކްސީ ޑްރައިވަރުން ދޫކޮށްލީ ބަންދުގައި ދުވަސްތަކެއް ބެހެއްޓުމަށްފަހު ޝަރުތުތަކާ އެކީގަ އެވެ.

ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކޮށް ޓެކްސީގެ ހިދުމަތް ދިނުމަށް ނިންމާފައިވާކަން އެންމެ ފުރަތަމަ އިއުލާނު ކުރީ މިދިޔަ ޖުލައި 25، ގައި އޮތް ރަސްމިއްޔާތެއްގަ އެވެ. ނަމަވެސް އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން ނުކުމެ އިހުތިޖާޖު ކުރުމުން އޯގަސްޓު 4، ގައި ސަރުކާރުގެ ނިންމުން ބަދަލުކުރި އެވެ.

އެކަމަކު ސަރުކާރުން އަނެއްކާ ވެސް ޓެކްސީ ލައިނެއް ތައާރަފްކުރާ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ވާހަކަދައްކަވަމުން މިދިޔަ އޮކްޓޫބަރު 29, ގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި އެވެ.

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް މިހާރު ނިންމާފައި ވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ޓެކްސީ ހިދުމަތް ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މި އަހަރު ފަށާނެ އެވެ.

މަޝްރޫއުގެ ދެވަނަ ފިޔަވަހި ވިލިމާލެ، ގުޅީފަޅު އާއި ތިލަފުށީގައި 2026 އަދި 2027 ގައި ފަށާއިރު، ތިންވަނަ ފިޔަވަހި ކުރިއަށް ގެންދާނީ ރަސްމާލެ އާއި ގިރާވަރުގަ އެވެ.

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


އަހްމަދު

2 months ago

ޓެކްސީލައިން ހަދަންވީ، މަގުތައް ބަންދުކޮން އިހްތިޖާޖެއްކުރާކަށް ރައްޔިތުންނަށް ދުއްޕާންކުރާކަށެއް، އެރޭ ކިތައްމީހުން ފުލައިޓް ކަޓައިގެން ނުފުރުނު މީހުންގެ ހަގު ކޮންތާކު އޮތީ، ޓެކްސީ ދުއްވާމީހުން ހީކުރީ ތިޔައް އަރާ އެއްމެންނަކީ ކަލޭމެންގެ ސަޕޯޓަރުން ކަމަށް

ބައްޔާ

2 months ago

ރަނގަޅު، ހުރިހާ އެންމެން ޖަލަށް-ލާ އޭރުންހުންނާނީ ރާކަނިމަސްކެވިފަ، ޓެކުސީއެއް ލިބެނީކީނޫން ލިބޭޓެކުސީވެސް ކިޔަނީ ހިތުހުރި އަގެއް.

އަދުރޭ

2 months ago

ޓެކްސީ ލައިން ހަދަންވީ. ހަމަ ބަރާބަރު. ޓެކްސީ ޑްރައިވަރުންނަށް އެކަނިތަ ކާންބޯން މަސައްކަތް ކުރަނީ. ދުވާލަކު ހިތައް އެރި އަދަދެއް ނަގައިން މިކަންކުރާ ކުރުން ހުއްޓުވަންޖެހޭ ހަމަ.