Advertisement

މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ނިންމި މަސްތުވާތަކެތީގެ 149 މައްސަލައިން ސާބިތުވީ 39 މައްސަލަ

12 ފެބުރުވަރީ 2025 - 09:29 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކްރިމިނަލް ކޯޓް: މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ނިންމި މަސްތުވާތަކެތީގެ 149 މައްސަލައިން ސާބިތުވީ 39 މައްސަލަ


މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ނިންމި މަސްތުވާތަކެތީގެ 149 މައްސަލައިން ސާބިތުވީ 39 މައްސަލަ

12 ފެބުރުވަރީ 2025 - 09:29 0

މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްކުރި މަސްތުވާތަކެތީގެ 149 މައްސަލައިގެ ތެރެއިން ސާބިތުވީ 39 މައްސަލަ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކްރިމިނަލް ކޯޓުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކޯޓަށް މަސްތުވާތަކެތީގެ 228 މައްސަލައެއް ހުށަހަޅާފައިވާއިރު، މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅީ 305 މައްސަލައެކެވެ.

މީގެ އިތުރުން މިދިޔަ އަހަރު ޝަރުއީ ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 42 ޕަސަންޓް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަތަކެވެ.

މިދިޔަ އަހަރު ފެށުނުއިރު ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން 198 ގައި ހުރިއިރު، އަހަރު ނިމުނުއިރު ބަންދުގައި ތިބި މީހުން 249 އަށް އިތުރުވި އެވެ.

ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބި މީހުންގެ އަދަދު އިތުރުވަމުންދާއިރު، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން އާންމުކުރި ތަފާސްހިބުތަކުން ދައްކާ ގޮތުގައި ޖެނުއަރީ 20، ގެ ނިޔަލަށް ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބި މީހުންގެ އަދަދު ޖުމްލަ ހުރީ 435 ގަ އެވެ.

ޝަރީއަތް ނިމެންދެން ދިގު މުއްދަތަށް ބަންދު ކޮށްފައި ތިބި މީހުންގެ މައްޗަށް ކުށް ސާބިތު ނުވެ، ނުވަތަ ދިގު މުއްދަތެއް ހޭދަކޮށްގެން ކުށް ސާބިތު ނުވިޔަސް ބަދަލު ހޯދޭނެ ގޮތެއް ގާނޫނުގައި ނޯވެ އެވެ.

އެކަމަކު ގާނޫނު އިސްލާހު ކޮށްގެން އެ މަގު ފަހިކޮށްދޭން މަސައްކަތް ކުރަމުންދާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މި ނޫހަށް ކުރިން ވިދާޅުވެފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރަކީ ފާއިތުވެދިޔަ ހަތަރު އަހަރަށް ބަލާއިރު ވެސް އެ ކޯޓުން އެންމެ ގިނައިން މައްސަލަތައް ނުނިމި ހުރި އަހަރެވެ.

މިގޮތުން މިދިޔަ އަހަރު ކްރިމިނަލް ކޯޓުގައި ނުނިމިހުރި މައްސަލަތައް 2،064 އަށް އަރާއިރު، އޭގެ ކުރީ އަހަރު ނުނިމި ހުރި މައްސަލަތައް ހުރީ 1،851 ގަ އެވެ.

ކްރިމިނަލް ކޯޓުގައި އެކަށީގެންވާ ޖާގަ އާއި ވަސީލަތްތައް ނެތުމުން މައްސަލަތައް އަވަހަށް ނިންމުމުގައި އެ ކޯޓަށް ގޮންޖެހުންތައް ދިމާވަމުން އަންނަކަން އެ ކޯޓުން ފާހަގަކުރެ އެވެ.