11 ފެބުރުވަރީ 2025 - 15:58 0
ލީވާން އަލީ ނާސިރު
ކ. ތިލަފުށި: އެ ރަށުގައި ހުރި އެމްޑަބްލިއުއެސްސީގެ ފެން ތާނގީއެއް ޅައިގެން ގޮސް ފެނުގެ ހިދުމަތް ވަނީ މެދުކެނޑިފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
11 ފެބުރުވަރީ 2025 - 15:58 0
ކ. ތިލަފުށީގައި ހުންނަ އެމްޑަބްލިއުއެސްސީގެ ފެން ރައްކާކުރާ ތާނގީއެއް ފަޅައިގެން ގޮސް މުޅި ރަށުން ފެނުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
އެމްޑަބްލިއުއެސްސީން ބުނީ ތާނގީއަށް ލިބުނު ގެއްލުމާ ގުޅިގެން ފެނުގެ ހިދުމަތް މެދުކެނޑުމުން، އަނބުރާ ހިދުމަތް ދިނުމަށް އެ ކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މި މައްސަލަ ވީހާވެސް އަވަހަށް ހައްލު ކުރުމަށް މި ކުންފުނީގެ ޓީމުން ދަނީ މަސައްކަތް ކުރަމުން،" އެމްޑަބްލިއުއެސްސީން ބުންޏެވެ.
ފުލުހުން ބުނީ ތިލަފުށީގައި ހުންނަ އެމްޑަބްލިއުއެސްސީގެ ފެން ތާނގީ ފަޅައިގެން ދިޔަކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބުނީ 16:50 ހާއިރު ކަމަށެވެ.
ނަމަވެސް މިހާތަނަށް ފެން ތާނގީ ފަޅައިގެން ދިޔައީ ކިހިނެއް ކަމެއް ސާފެއް ނުވެ އެވެ. އަދި މައްސަލަ ހައްލުކޮށް އަނބުރާ ފެނުގެ ހިދުމަތް ތިލަފުއްޓަށް ދެވޭނެ ވަގުތެއް އެމްޑަބްލިއުއެސްސީން ނުބުނެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment