Advertisement

އެއް ޕޮއިންޓް މަދުވެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެ ތިން ދަރަޖަ ފަހަތަށް

11 ފެބުރުވަރީ 2025 - 06:40 0

ސާއިފް ޝިޔާދު

ސ

Advertisement

އޭސީސީގެ ރައީސް ޝާމިލް ރައީސް މުއިއްޒުއާ ސަލާމް ކުރައްވަނީ. ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތްތަކަށް ގިނަ ފާޑުކިޔުންތަކެއް ދަނީ އޮހެމުން --- ފޮޓޯ: ރައީސް އޮފީސް


އެއް ޕޮއިންޓް މަދުވެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެ ތިން ދަރަޖަ ފަހަތަށް

11 ފެބުރުވަރީ 2025 - 06:40 0

Advertisement

Advertisement

ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގެންފައިވާ ކަމަށް ގަބޫލުކުރެވޭ މިންގަނޑު ވަޒަންކޮށް، ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން އެކުލަވައިލާ "ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް" (ސީޕީއައި) ގައި ރާއްޖެ ތިން ދަރަޖަ ދަށަށް ޖެހިލައިފި އެވެ.

ޓްރާންސްޕޭރެންސީން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮޮތުން ކޮރަޕްޝަން އިންޑެކްސްގައި މިދިޔަ އަހަރު ރާއްޖެއަށް ލިބުނީ 38 ޕޮއިންޓެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ އެއް ޕޮއިންޓް ދަށް މިންވަރެކެވެ. ސީޕީއައިގައި ރާއްޖެއަށް އެންމެ މަތިން ޕޮއިންޓް ލިބުނީ 2020 ވަނަ އަހަރު އެވެ. އެ އަހަރު 43 ޕޮއިންޓް ލިބުނެވެ. އޭގެ ފަހުން 2021 އާއި 2022 ގައި ލިބުނީ 40 ޕޮއިންޓެވެ. އަދި، 2023 ގައި ލިބުނީ 39 ޕޮއިންޓެވެ.

Advertisement

ދުނިޔޭގެ 180 ގައުމުގެ ތެރެއިން މި އަހަރު ރާއްޖެ ރޭންކް ކޮށްފައި އޮތީ 96 ވަނައިގަ އެވެ. އަވަށްޓެރި އިންޑިއާ ވެސް ރޭންކް ކޮށްފައި އޮތީ 96 ވަނައިގަ އެވެ. ސީޕީއައިގައި ރާއްޖެއަށް މިދިޔަ އަހަރު ލިބުނު 38 ޕޮއިންޓާ އެކު ރާއްޖެ ހިމެނީ 50 ޕޮއިންޓަށް ވުރެ މަދުން ޕޮއިންޓް ލިބުނު ތިންބައިކުޅަ ދެބައި ގައުމުގެ ތެރޭގަ އެވެ.

އޭގެ ކުރީ 2023 ވަނަ އަހަރު ރާއްޖޭ އޮތީ 93 ވަނައިގަ އެވެ. ރާއްޖެއަށް އެންމެ މަތިން ޕޮއިންޓް ލިބުނު 2020 ގައި ރޭންކު ކުރީ 75 ވަނައިގަ އެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު އާންމުކުރާ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް އަކީ ގައުމުތަކުގެ ދައުލަތް ހިންގުމުގައި ކޮރަޕްޝަން އެކުލެވިފައިވާ ކަމަށް ގަބޫލުކުރޭ މިންވަރު ދައްކުވައިދޭ އިންޑެކްސް އެކެވެ. ކޮރަޕްޝަން އަށަގެންފައިވާ ކަމަށް ގަބޫލުކުރެވޭ މިންވަރު އެކަކުން 100 އަށް ގިންތިކުރާ އެ އިންޑެކްސްގައި 100 ޕޮއިންޓް ލިބޭނީ ހާލަތު އެންމެ ރަނގަޅު ގައުމަށެވެ. އަދި ސުމެއް ލިބޭނީ އެންމެ ހާލަތު ގޯސް ގައުމަށެވެ.

Advertisement

ސީޕީއައި ސްކޯ މިންކުރަނީ ކޮރަޕްޝަން އަށަގެންފައިވާ ކަމަށް އާއްމުންނަށް ގަބޫލުކުރެވޭ މިންވަރު ބަލަން ހަދާ ސާވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގަ އެވެ. މިދިޔަ އަހަރުގެ ސީޕީއައި އެކުލަވައިލުމުގައި ރިއާޔަތް ކޮށްފައި ވަނީ ބައިނަލް އަގުވާމީ ތިން މަސްދަރަކަށެވެ. އެއީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންސް، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓްޓިއުޝަނަލް އެސެސްމެންޓް އަށެވެ.

މިއަހަރުގެ އިންޑެކްސްގައި ވެސް އެންމެ މަތިން ޕޮއިންޓް ހޯދައިގެން ރޭންކިންގެ އެންމެ ކުރީގައި އުޅެނީ ޑެންމާކެވެ.