Advertisement

ވިލާ ޓްރޭޑިން އިން ވިއްކާ އުފެއްދުންތައް ރަށު އެކްސްޕޯއިން ފެންނާނެ

10 ފެބުރުވަރީ 2025 - 12:55 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވިލާ މާޓް: ރަށު އެކްސްޕޯގައި ވިލާ ޓްރޭޑިން އިން ބައިވެރިވާނެ -- ފޮޓޯ: ވިލާ މާޓް


ވިލާ ޓްރޭޑިން އިން ވިއްކާ އުފެއްދުންތައް ރަށު އެކްސްޕޯއިން ފެންނާނެ

10 ފެބުރުވަރީ 2025 - 12:55 0

ރަށު އެކްސްޕޯ 2025 ގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް އަދި ހޯލްސޭލް ކުރަމުންދާ ވިލާ ޓްރޭޑިން އިން ވިއްކާ އުފެއްދުންތައް A36 ސްޓޯލުން ދައްކާލަން ހަމަޖެހިއްޖެ އެވެ.

އަންނަ ބުދަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ރަށު އެކްސްޕޯ އޮންނާނީ ހަވީރު 4:00 އިން 06:00 އަށް އަދި ރޭގަނޑު 8:00 އިން 10:30 އަށެވެ.

ވިލާ ޓްރޭޑިން އިން ބުނީ އެކްސްޕޯގައި އެ ކުންފުނިން ވިއްކާ ޕްރައިމް ޑްރިންކާއި އަލްމަރާއި ޖޫހުގެ އަޖުމަ ބަލައިލުމަށް ރަހަ ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އެކްސްޕޯގެ ތެރެއިން ކަސްޓަމަރުންނާއި އެކި ވިޔަފާރިތަކާ ގާތުން ބައްދަލުވެ، އުފެއްދުންތަކާ ގުޅޭ މައުލޫމާތު ދެވޭނެ ކަމަށް ވެސް ވިލާ ޓްރޭޑިން އިން ބުންޏެވެ.

މީގެއިތުރުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިލާ ޓްރޭޑިންއާ އެކު ކުރިއަށްދާން ބޭނުންވާ ވިޔަފާރިތަކަށް އެކްސްޕޯގެ ތެރެއިން ޕާޓްނާޝިޕްތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.


ވިލާ ޓްރޭޑިން އިން އަންނަނީ ރާއްޖޭގެ މާކެޓަށް ފެންވަރު ރަނގަޅު އުފެއްދުންތައް ތައާރަފްކޮށް، އަތްފޯރާ ފަށުގައި ވިއްކަމުންނެވެ.

ވިލާ މާޓުގެ ކާމިޔާބާއެކު ރީޓެއިލް ވިޔަފާރީގެ އިތުރުން ހޯލްސޭލު ވިޔަފާރި ފުޅާކޮށް "ވިލާ ޓްރޭޑިން ހޯލްސޭލް ސެންޓަރު" 2023 ވަނަ އަހަރު ވަނީ ހުޅުވައިފަ އެވެ.

ޖެނެރަލް ޓްރޭޑިންގް ކުންފުންޏެއްގެ ގޮތުގައި ވިލާ ގްރޫޕުގެ ދަށުން 2021 ގައި އުފެއްދި ވިލާ ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑުގެ މަގުސަދަކީ އެންމެ މަތީ ފަންތީގެ ތަކެތި ރަނގަޅު އަގެއްގައި ރައްޔިރުންނަށް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ރީޓެއިލް ވިޔަފާރީގެ ކާމިޔާބާއެކު، ސެޕްޓެމްބަރު 2021 ގައި ހޯލްސޭލްކޮށް ވެސް ވިލާއިން މުދާ ވިއްކަން ފެށި އެވެ. ހޯލްސޭލްކުރަމުން ދިޔައީ ހޮޓާ، ރެސްޓޯރެންޓާއި ރިސޯޓު އަދި ބޭކަރީތަކަށެވެ.