9 ފެބުރުވަރީ 2025 - 18:22 1
އަހުމަދު އާއިދު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ކުރިމަތިން ޓެކްސީއެއް ދަތުރުކުރަނީ : މިއަދު އެކްސިޑެންޓު ހިނގީ އެ މަގުގައި -- ފޮޓޯ: އަދަދު
9 ފެބުރުވަރީ 2025 - 18:22 1
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އަށް ދާން އޮންނަ މަގުގައި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުންގެ މީޑިއާ ޓީމުން މިއަދު ފޮނުވި މެސެޖެއްގައި ބުނީ ކާރަކާއި ޕިކަޕެއް ޖެހި ހިނގި މި އެކްސިޑެންޓުގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު ފަހު 1:50 ހާއިރު ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުވި ނަމަވެސް ޕިކަޕު ދުއްވަން އިން މީހާގެ މޫނަށް ބިއްލޫރި ބުރައިގެން ގޮސްގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިން ކަމަށް ފުލުހުން ބުންޏެވެ.
މިއަދު އެކްސިޑެންޓުވި ކާރު އަދި ޕިކަޕުވެސް ދުއްވީ ލައިސަންސް އޮންނަ ދެ މީހުންނެވެެ.
އެއާޕޯޓުން އެޗްއައިއެޗް އަށް ދާ މަގަކީ މިހާރު މާލެ އަދި ހުޅުމާލެއިން އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލަށް ދާ އުޅަނދުތައް ބޭނުންކުރާ މަގެކެވެ. މީގެ އިތުރުން ކާގޯ އުފުލާ ބޮޑެތި އުޅަނދުތައްވެސް އެ މަގު ބޭނުންކުރެ އެވެ.
Comment