އެފްއޭ ކަޕް: ސިޓީ އަނެއް ބުރަަށް، ޗެލްސީ ކަޓައިފި

9 ފެބުރުވަރީ 2025 - 05:44 0


އެފްއޭ ކަޕް: ސިޓީ އަނެއް ބުރަަށް، ޗެލްސީ ކަޓައިފި

9 ފެބުރުވަރީ 2025 - 05:44 0

ލަންޑަން (ފެބްރުއަރީ 9) - އިނގިރޭސި އެފްއޭ ކަޕްގައި ރޭ ލޭޓަން އޯރިއެންޓް އަތުން ފަހަތުން އަރައި، 2-1 އިން މޮޅުވެ، މެންޗެސްޓާ ސިޓީން އަނެއް ބުރުގެ ޖާގައެއް ހޯދިއިރު، ލީޑުނެގި ނަމަވެސް ބްރައިޓަން އަތުން 2-1 އިން ބަލިވި، ޗެލްސީ މުބާރާތުން ކަޓައިފި އެވެ.

އިނގިރޭސި ތިން ވަނަ ޑިވިޝަނުގެ ކްލަބް ލޭޓަން އޯރިއެންޓުން ވަނީ ސިޓީ ކައިރިން ލީޑުނަގައިފަ އެވެ. މިއީ، ހާފުގެ މެދެއްހާ ހިސާބުން ލޭޓަން އޯރިއަންޓްގެ ޖޭމީ ޑޯންލީ ފޮނުވާލި ޝޮޓެއް، ސިޓީގެ ގޯލުކީޕަރު، ސްޓެފަން އޯޓޭގާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ސިޓީން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގަ އެވެ. މިއީ، ސިޓީ ޓީމުގެ ރީކޯ ލެވިސް ޖެހި ޝޮޓެއް، ލޭޓަން އޯރިއެންޓް އޭރިއާތެރެއިން، އެ ސިޓީގެ އުޒްބެކިސްތާން، ޑިފެންޑަރު، އަބްދުކަދީރު ހުސާނޯވް ބޮލުގައި ޖެހިފައި ވަން ގޯލެކެވެ. މިއީ، ސިޓީ އަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ. ސިޓީ މޮޅުވި ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި ކެވިން ޑި ބްރޭނާ އެވެ.

ބްރައިޓަން ދަނޑުގައި ޗެލްސީ އަށް ލީޑުނަގައިދިނީ، ބްރައިޓަންގެ ކީޕަރު، ބާޓް ވާބްރޫގެން އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. މިއީ، ޗެލްސީގެ ކޯލް ޕާމާގެ ހަމަލާއެއް ދިފާއުުކުރަން އުޅުމުގެ ތެރޭގައި، ވާބްރޫގެން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ބްރައިޓަން އިން ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަކުރީ ޖިއޮޖީނިއޯ ރޫޓެއާ ޖެހި ގޯލުންނެވެ. އަދި ދެ ވަނަ ހާފުގައި އެ ޓީމު މޮޅުކޮށްދިނީ ކައޯރޫ މިޓޯމާ ޖެހި ގޯލުންނެވެ.

އެފްއޭ ކަޕްގެ އެހެން ނަތީޖާތަކަށް ބަލާއިރު، ބާމިންހަމް ސިޓީ އަތުން ނިއުކާސަލް ޔުނައިޓެޑް 3-2 އިން މޮޅުވިއިރު، ބޯންމައުތުން ވަނީ 2-0 އިން އެވަޓަން ބަލިކޮށްފަ އެވެ. ބާންލީން 1-0 އިން ސައުތެމްޓަން ކަޓުވާލިއިރު، ވިގަން އެތުލެޓިކް އަތުން 2-1 އިން ފުލަމް އިން އުނދަގޫ މޮޅެއް ހޯދި އެވެ.