Advertisement

ލ. ގަމުގައި ބޭއްވި ޕީއެންސީ ކެމްޕޭނު ހަރަކާތުން އަބްދުއްރަހީމް ނުފެނުނު!

8 ފެބުރުވަރީ 2025 - 13:38 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ލ. ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަން ކެމްޕޭނު ނިންމައިލުމުގެ ގޮތުން އިއްޔެ ބޭއްވި ހިނގާލުމުގެ ތެރެއިން -- ފޮޓޯ: ސޯޝަލްމީޑިއާ


ލ. ގަމުގައި ބޭއްވި ޕީއެންސީ ކެމްޕޭނު ހަރަކާތުން އަބްދުއްރަހީމް ނުފެނުނު!

8 ފެބުރުވަރީ 2025 - 13:38 1

ލ. ގަމުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ހުސްވެފައިވާ ގޮނޑިއަށް ޕީއެންސީގެ ފަރާތުން ކުރިމަތިލީ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް އެ ރަށުގައި ކުރިއަށް ގެންދިޔަ ކެމްޕޭނު ހަރަކާތްތަކުގައި އަބްދުއްރަހީމް ބައިވެރިވެވަޑައިނުގަންނަވާކަން އެނގިއްޖެ އެވެ.

ލ. ގަމު ދާއިރާގެ ޕީއެންސީ ޕޭޖުން އާންމު ކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން އެ އަތޮޅު ރައްޔިތުންގެ ބޮޑު ތާއީދެއް އޮންނަ އަބްދުއްރަހީމްއެއް ނުފެނެ އެވެ. ކެމްޕޭނު ހަރަކާތްތަކުގައި އަބްދުއްރަހީމް ބައިވެރިވެވަޑައިނުގަންނަވާކަން އޭނާގެ ގާތް ބޭފުޅަކު "އަދަދު" ނޫހަށް ކަށަވަރު ކޮށްދެއްވި އެވެ.

"[އަބްދުއްރަހީމް] މާލޭގައި ހުންނެވީ، އެ ހަރަކާތުގައި ބައިވެރިއެއް ނުވޭ،" އަބްދުއްރަހީމްއާ ގާތް ގުޅުން އޮންނަ ޕީއެންސީގެ ބޭފުޅަކު މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަނުގެ ކެމްޕޭނަށް އިކޮނިމޮކް މިނިސްޓަރު، މުހައްމަދު ސައީދު އާއި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު މުބީން ލ. ގަމަށް ވަޑައިގެން ކެމްޕޭން ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި އެވެ.

މިއީ، ޕީއެންސީގެ ސަރުކާރެއް އުފެދުނު ފަހުން ލ. އަތޮޅަށް ނިސްބަތްވާ ދާޢިރާއެއްގެ ކެމްޕޭނުގައި އަބްދުއްރަހީމް ބައިވެރިވެވަޑައިނުގަންނެވި ފުރަތަމަ ފަހަރެވެެ. މީގެ ކުރިން، ރިޔާސީ އިންތިހާބުގެ ކެމްޕޭނާއި މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި ވެސް ޕީއެންސީއަށް ލ. އަތޮޅުން ތާއީދު ހޯދުމަށް އަބްދުއްރަހީމް އިސްކޮށް ހަރަކާތްތެރިވި އެވެ.

ލ. ފޮނަދޫއަށް ނިސްބަތްވެވަޑައިގަންނަވާ އަބްދުއްރަހީމް އަކީ އެ އަތޮޅު ރައްޔިތުންގެ މެދުގައި މަގުބޫލު ބޭފުޅެކެވެ. ނަމަވެސް މި ފަހަކަށް އައިސް އަބްދުއްރަހީމް އާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ދެ ބޭފުޅުންގެ ދެމެދުގައި އޮންނަ ގުޅުން ވަނީ ވަރަށް ގޯސްވެފަ އެވެ.

ނަތީޖާއެއްގެ ގޮތުން މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި އަބްދުއްރަހީމްގެ ގާތް ގިނަ ބޭފުޅުންތަކެއް ރައީސް މުއިއްޒު ވަނީ މަގާމުން ވެސް ވަކި ކޮށްފަ އެވެ. އޭގެތެރޭގައި އަބްދުއްރަހީމްގެ ދަރިކަލުން، އިބްރާހިމް ފައިސަލް ވެސް ހިމެނެ އެވެ.