Advertisement

އަވަސް އެޕުން ކޮންމެ މަހަކު ޑްރައިވަރަކާއި ކަސްޓަމަރަކަށް އައިފޯން 16 ޕްރޯއެއް

8 ފެބުރުވަރީ 2025 - 13:34 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އަވަސް އެޕުން ކޮންމެ މަހަކު ޑްރައިވަރަކާއި ކަސްޓަމަރަކަށް އައިފޯން 16 ޕްރޯއެއް

8 ފެބުރުވަރީ 2025 - 13:34 0

އަވަސް އެޕް ބޭނުންކޮށްގެން ކޮންމެ މަހަކު އެއް ކަސްޓަމަރަކާއި ޑްރަވައިވަރަކަށް އައިފޯން 16 ޕްރޯއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަވަސް އެޕުން ބުނީ އަންނަ ޖުލައި 10، ގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަންގައި ބައިވެރިވުމަށް ކުރަން ޖެހޭ ހަމައެކަނި ކަމަކީ އަވަސް އެޕް މެދުވެރިކޮށް ދަތުރެއް ކޮށްލުން ކަމަށްވާއިރު، ކޮންމެ ދަތުރެއް ވެސް އެއް އެންޓްރީއެއް ގޮތަށް ބަލާނެކަމަށެވެ.

"ކަސްޓަމަރުންނަށް ވެސް އަދި ޑްރައިވަރުންނަށް ވެސް މި ފުރުސަތުގައި ބައިވެރިވެވޭނެ. ގިނަ ދަތުރު ފުރިހަމަ ކުރާ ވަރަކަށް މޮޅުވުމުގެ ފުރުސަތު އިތުރުވެގެންދާނެ،" އަވަސް އެންޓަރ ޕްރައިސްގެ މެނޭޖިން ޑްރެކްޓަރ މުޙައްމަދު ޔާނިއު ރަމީޒު ދެންނެވިއެވެ.

ރާއްޖޭގައި ޓެކްސީ ހިދުމަތް ދެމުންދާ އެންމެ ބޮޑު އެއް ބްރޭންޑް ކަމަށްވާ އަވަސް ރައިޑުން "އަވަސް އެޕް" ގެ ނަމުގައި މުޅިން އާ އެޕްލިކޭޝަނެއް ތައާރަފްކުރީ މިދިޔަ ޖެނުއަރީ މަހު އެވެ.

އަވަސް ރައިޑްގެ ހިދުމަތް 2019 ގައި މާލެ ސިޓީގައި ފެށިއިރު، އެ ހިދުމަތް ފުޅާކޮށް ރާއްޖޭގެ އެކި ކަންކޮޅުން ވެސް ހިދުމަތް މިހާރު އަންނަނީ ދެމުންނެވެ.

އެގޮތުން މިހާރު ވެސް 3،000 ޑްރައިވަރުން އަވަސް އެޕް ބޭނުން ކުރެ އެވެ. އަދި އެ އެޕް ލޯންޗް ކުރިފަހުން މިހާތަނަށް 22،000 އަށްވުރެ ގިނަ މީހުން އެޕް ޑައުންލޯޑްކޮށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

އަވަޕް އެޕް ފަރުމާކުރީ ދަތުރުފަތުރުގެ ސިނާއަތް އާ އިންގިލާބެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ދިވެހި ޒުވާން ޓީމަކުންކަން ފާހަގަކޮށްލެވެ އެވެ.