26 ސެޕްޓެންބަރު 2025 - 20:43 0
ލީވާން އަލީ ނާސިރު
ދިރާގުން އައިފޯން 17 ޕްރީއޯޑާކުރި ކަސްޓަމަރުންނާ ފޯނު ހަވާލުކުރުން -- ފޮޓޯ: ދިރާގު
26 ސެޕްޓެންބަރު 2025 - 20:43 0
ދިރާގުން އައިފޯން 17 ސީރީޒްގެ ފޯނުތައް ޕްރީ-އޯޑާކުރި ކަސްޓަމަރުންނަށް ފޯނު ހަވާލުކުރަން ރޭ ފަށައިފި އެވެ.
ދިރާގުން އައިފޯން 17 ސީރީޒްގައި ހިމެނޭ އައިފޯން 17 ޕްރޯ އާއި އައިފޯން 17 ޕްރޯމެކްސް ޕްރީ-އޯޑާކުރި ކަސްޓަމަރުންނަށް ފޯނު ހަވާލުކުރީ ދިރާގު ހެޑް އޮފީހުގަ އެވެ.
އައިފޯން 17 ޕްރީ-އޯޑާކުރަން ސެޕްޓެމްބަރު 18، ގެ ރޭގަނޑު 12:01 އިން ފެށިގެން ދިރާގުން ހުޅުވާލުމާއެކު މަދު ވަގުތުކޮޅެއްގެ ތެރޭގައި އޭރު އައިފޯން 17 ޕްރޯ ވަނީ ހުސްވެފައި ކަމަށް އެ ކުންފުނިން ބުންޏެވެ.
ނަމަވެސް ދިރާގުން އަދިވެސް އައިފޯން 17 ސީރީޒްގެ ފޯނުތައް ޕްރީ-އޯޑާ ކުރުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.
ދިރާގުން އައިފޯން 17 ސީރީޒްގައި ހިމެނޭ ފޯނުތައް އިންސްޓޯލްމަންޓަށް ވެސް ނެގުމުގެ ފުރުސަތު އޮތީ ހުޅުވާލާފަ އެވެ. އެގޮތުން އެއް އަހަރަށް ބަހާލައިގެން ފޯނު ޕްރީއޯޑާ ކުރެވެ އެވެ.
Comment