Advertisement

ފެލިކްސްގެ ގޯލާ އެކު މޮޅުވެ މިލާން ސެމީ އަށް

6 ފެބުރުވަރީ 2025 - 10:45 0


ފެލިކްސްގެ ގޯލާ އެކު މޮޅުވެ މިލާން ސެމީ އަށް

6 ފެބުރުވަރީ 2025 - 10:45 0

މިލާން (ފެބްރުއަރީ 6) - އިޓާލިއަން ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ޖޮއާއޯ ފެލިކްސްގެ ގޯލާ އެކު، 3-1 އިން ރޯމާ ބަލިކޮށް އޭސީ މިލާނުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ޗެލްސީން ލޯން އެއްބަސްވުމެއްގެ ދަށުން މިލާން އަށް ބަދަލުވި ފެލިކްސް އެ ޓީމާ އެކު، ދެ ޕްރެކްޓިސް ކުރުމަށް ފަހު ކުޅެން އެރީ ދެ ވަނަ ހާފުގައި ބަދަލަކަށެވެ.

މިލާން ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ދެ ގޯލުގެ ލީޑަކާ އެކު އެވެ. މި ދެ ލަނޑު ވެސް ޖެހީ ރޯމާގެ ލޯން އެއްބަސްވުމެއްގެ ދަށުން މިލާނަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް، ޓެމީ އަބްރަހަމް އެވެ. މި ދެ ގޯލަށް ވެސް ފުރުސަތު ހޯދައިިދިނީ، ފްރާންސްގެ ފުލްބެކް، ތެއޯ ހެނާންޑޭޒް އެވެ.

ދެ ވަނަ ހާފުގައި ކުޅެން އަރައި، ރޯމާ އިން ވަނީ ގޯލެއް ޖަހައިފަ އެވެ. މި ލަނޑު ކާމިޔާބުކުރީ ޔޫކްރެއިންގެ ފޯވާޑް، އާޓެމް ޑޮވްބީކް އެވެ.

މި މެޗުން މިލާން މޮޅުކޮށްދިން ގޯލު ޖެހީ ފެލިކްސް އެވެ. މެޗުގެ 72 ވަަނަ މިނިޓްގައި ފެލިކްސް ޖެހި މި ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ވެސް މި ފަހަރުގެ ޓްރާންސްފާގައި އެ ޓީމާ ގުޅުނު ކުޅުންތެރިއެެކެވެ. އެއީ ފެޔަނޫޑް ދޫކޮށް މިލާނާ ގުޅުނު ސަންޓިއާގޯ ހިމެނޭޒް އެވެ.

މި މެޗުގައި ރޯމާ ކޮޅަށް ދެ ގޯލު ޖެހި އަބްރަަހަމްއާ ދެކޮޅަށް، ރޯމާގެ ސަޕޯޓަރުން ވަނީ ޝުއޫރުފާޅުކޮށްފަ އެވެ. އަބްރަހަމް ބުނީ، އޭނާ އަކީ ޕްރޮފެޝަނަލެއް ކަމަށާއި އެ ވަގުތު ކުޅޭ ޓީމަކަށް އެންމެ ރަނގަޅަށް ކުޅެ، މޮޅުކޮށްދޭން އެހީތެރިވާނެ ކަމަށެވެ.

ސެމީ ފައިނަލުގައި މިލާނުން ބައްދަލުކުރާނީ ކުއާޓާ ފައިނަލުގައި ލާޒިއޯ އާއި އިންޓަ މިލާން ބައްދަލުކޮށްގެން މޮޅުވާ ޓީމަކާ އެވެ.