Advertisement

"ކާޑުން ކަނޑާލާ" ޕްރޮމޯޝަނުގައި ދުބާއީ ދަތުރަކާއި އަގުހުރި އިނާމު

5 ފެބުރުވަރީ 2025 - 17:45 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


"ކާޑުން ކަނޑާލާ" ޕްރޮމޯޝަނުގައި ދުބާއީ ދަތުރަކާއި އަގުހުރި އިނާމު

5 ފެބުރުވަރީ 2025 - 17:45 0

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ "ކާޑުން ކަނޑާލާ" ރޯދަ ޕްރޮމޯޝަން, އަގުހުރި އިނާމުތަކާ އެކު ފަށައިފި އެވެ.

އެމްއައިބީން ބުނީ އަންނަ އެޕްރިލް 2، ގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަނަށް ޝަރުތު ހަމަވާނީ އެމްއައިބީގެ ވިސާ އެވްރީޑޭ، ވިސާ ޕްލެޓިނަމް އަދި ފައިސާވެއާ އަނގޮޓި ބޭނުންކޮށްގެން ރާއްޖޭގައި ކުރާ ވިޔަފާރިތަކަށް އެކަނި ކަމަށެވެ.

ޕްރޮމޯޝަންގެ އެއްވަނަ އިނާމަކަށް ދުބާއީ ދެކޮޅު ޓިކެޓުގެ އިތުރުން އަށް ދުވަހުގެ ހުރުން ލިބެ އެވެ. ދެވަނަ އިނާމަކީ އައިފޯން 16 ޕްރޯމެކްސްއެއް އަދި ތިންވަނަ އިނާމަކީ ދުވަހުގެ ރިސޯޓް ދަތުރެކެވެ.

ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ހަފުތާއަކު 100ރ. އަށްވުރެ މަދު ނޫން އަދަދެއްގެ ހަތް ޓްރާންސެކްޝަން ހަދައިގެން ނަސީބުވެރިއަކަށް ހޮވޭ ފަސް މީހަކަށް، ދެ މީހެއްގެ ރޯދަ ވީއްލުން ލިބޭނެ އެވެ.

އެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލީފްލެޖް އިސްލާމިކް ބޭންކެވެ. އެ ބޭންކުގެ ހިދުމަތްތަކަށް އޮތް އިތުބާރާއި ހިދުމަތް ދިނުމުގައި ބޭނުން ކުރާ ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން އެމްއައިބީގެ ހިދުމަތްތައް ހޯދާ ކަސްޓަމަރުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

އެމްއައިބީން ވަނީ މިދިޔަ އަހަރު ފައިސާ ވެއާގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕޭމަންޓް ރިންގް ހިދުމަތް ދޭން ފަށާފަ އެވެ.

މީގެއިތުރުން ބޭންކަށް ނުގޮސް އެކައުންޓް ހުޅުވުމާއި ފަހަށް ފައިސާ ރައްކާ ކުރުމަށް ގިނަ އެކައުންޓްތަކެއް ވެސް އެ ބޭންކުން ވަނީ ތައާރަފް ކޮށްފަ އެވެ. އަދި އެ ބޭންކުން މި އަހަރު ވެސް ހިދުމަތްތައް އިތުރަށް ފުޅާ ކުރުމަށް ވަނީ ރާވާފަ އެވެ.