5 ފެބުރުވަރީ 2025 - 05:05 0
5 ފެބުރުވަރީ 2025 - 05:05 0
މިއުނިކް (ފެބްރުއަރީ 5) - ޔޫރަޕްގެ ޗެމްޕިއަން، ރެއާލް މެޑްރިޑުން ލިބިފައި އޮތް ހުށަހެޅުމަށް ނޫނެކޭ ބުނެ، ބަޔާން މިއުނިކްގައި މަޑުކުރަން ކެނަޑާގެ ފުލްބެކް، އަލްފަންސޯ ޑޭވިސް ނިންމައިފި އެވެ.
ޑޭވިސް، 24، އެންމެ ފަހުން ބަޔާނާ އެކު ހެދި ކޮންޓްރެކްޓް އޮތީ މި ސީޒަނުގެ ނިޔަލަށެެވެ. އެހެންވެ، ރެއާލުން އައީ ޑޭވިސްއާ އެކު، ވީ އެންމެ އަަވަހަށް ޕްރީ އެގްރީމެންޓެއްގައި ސޮއިކުރަން މަޝްވަރާ ކުރަމުންނެވެ. އެއީ، ޖުލައި އެއް ވަނަ ދުވަހު އެ ޓީމާ ގުޅޭގޮތަށެވެ.
އެކަމަކު، އެންމެ ފަހު ވަގުތު ޑޭވިސް ނިންމީ ބަޔާންގައި މަޑުކުރާށެވެ.
ބަޔާނާ އެކު، ޑޭވިސް ސޮއިކޮށްފައިވަނީ، ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެ އެއްބަސްވުން ހަމަވާނީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ، ބަޔާނުން ޑޭވިސްގެ ކޮންޓްރެކްޓް އާ ކުރަން އެންމެ އިސްކަން ދިން ސަބަބަކީ، އޭނާގެ ކެރިއަރުގެ އެންމެ މުހިންމު އަހަރުތަކުގައި ބަޔާނަށް ކުޅެން ބެހެއްޓުމުގެ ގޮތުންނެވެ.
ވެންކޫވާ ވައިޓްކެޕްސް ދޫކޮށް، 2019 ވަނަ އަހަރު ބަޔާނަށް ބަދަލުވި، ޑޭވިސް ވަނީ އެ ޓީމާ އެކު، ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދުމުގެ އިތުރުން، ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ޑޭވިސް ވަނީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ބަޔާނަށް 25 މެޗު ކުޅެދީ އެއް ގޯލު ޖަހައި، ތިން ގޯލު ޖަހަން ފުރުސަތު ތަނަަވަސްކޮށްދީފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment