Advertisement

ފެންބޮޑުވާ މައްސަލަ ހައްލު ކުރަން މަޖީދީ މަގުގެ ބައެއް ބަންދު ކުރަނީ

3 ފެބުރުވަރީ 2025 - 19:35 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގެ މަޖީދީ މަގު؛ މަޖީދީ މަގަކީ މާލޭގެ އެންމެ ކާރޫބާރު ބޮޑު މަގު -- ފޮޓޯ: އަދަދަު ފައިލް


ފެންބޮޑުވާ މައްސަލަ ހައްލު ކުރަން މަޖީދީ މަގުގެ ބައެއް ބަންދު ކުރަނީ

3 ފެބުރުވަރީ 2025 - 19:35 0

ވާރޭ ވެހި މަޖީދީ މަގުގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށް މަޖީދީ މަގުގެ ބައެއް ތިން ދުވަހުގެ މުއްދަތަކަށް ބަންދު ކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ،

އެ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ބަންދު ކުރަން ނިންމާފައި ވަނީ ރަށްދެބައި މަގާއި ދަބުރުއް މަގާ ދެމެދުން މަޖީދީ މަގު ކަމަށެވެ.

އެ މުއްދަތުގައި އެ ސަރަހައްދުން އެއްވެސް ދުއްވާ އެއްޗެއް ނުދުއްވޭނެ އެވެ.

މަޖީދީ މަގުގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން ދަނީ ކޮށިތަކަށް ބަހާލައިގެންނެވެ. އެހެންކަމުން މި ހަފުތާގައި ބަންދު ކުރާ ސަރަހައްދުގެ މަސައްކަތް ނިމުމުން މަޖީދީ މަގުގެ އެހެން ކޮށްޓަކާ ދިމާލުން އެ މަގު ބަންދު ކުރާނެ އެވެ.

މޫސުން ގޯސްވެ، ވާރޭވެހުމާ ގުޅިގެން މާލޭގައި އާދަޔާ ހިލާފަށް ފެންބޮޑުވުމުގެ ހާދިސާތައް މި ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. މަޖީދީ މަގަކީ އެންމެ ބޮޑަށް ފެންބޮޑުވާ އެއް މަގެވެ.