Advertisement

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއަކު މަރުވެއްޖެ

1 ފެބުރުވަރީ 2025 - 10:16 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލެ-ހުޅުމާލެ ހައިވޭ : ހައިވޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ބިދޭސީއަކު ވަނީ މަރުވެފަ --- ފޮޓޯ: އަދަދު


ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއަކު މަރުވެއްޖެ

1 ފެބުރުވަރީ 2025 - 10:16 0

ސިނާމާލެ ބްރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި މަރުވެފައިވަނީ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށެވެ. އޭނާ މަރުވީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗް ގައި ފަރުވާދެމުން ދަނިކޮށް މިއަދު 9:00 ހާއިރު އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ 8:19 ހާއިރު މި އެކްސިޑެންޓު ހިނގީ ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގައި ހުންނަ ސޯލާ ޕެނަލްތައް ކައިރި ޖަހާފައިހުރި ކޯނެއްގައި ބިދޭސީ މީހާ ދުއްވި ސައިކަލު ޖެހިގެން ކަމަށެވެ.

އެ ކޯނަކީ ސޯލާ ޕެނަލްތައް ކައިރި މަސައްކަތް ކުރާކަން އަންގައިދޭން ޖަހާފައިހުރި ކޯނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ހާދިސާ ހިނގި ގޮތް އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މާލެ-ހުޅުމާލެ ހައިވޭގައި މީގެ ކުރިންވެސް ނުރައްކާތެރި އެތައް އެކްސިޑެންޓެއް ހިނގާފައިވެ އެވެ. މި އެކްސިޑެންޓުތަކުގައި މީގެ ކުރިންވެސް މީހުން މަރުވެފައިވެ އެވެ.