10 ފެބުރުވަރީ 2026 - 10:26 0
ލީވާން އަލީ ނާސިރު
ކްރިމިނަލް ކޯޓު: އެކްސިޑެންޓަކާ ގުޅިގެން އަނިޔާއެއް ދިނުމުގެ ކުށް ސާބިތުވި މީހަކު އެ ކޯޓުން ވަނީ ޖޫރިމަނާކޮށްފައި -- ފޮޓޯ: އަދަދު
10 ފެބުރުވަރީ 2026 - 10:26 0
ދެ ސައިކަލު ޖެހި 2018 ވަނަ އަހަރު ހިނގި އެކްސިޑެންޓަކާ ގުޅިގެން އަނިޔާއެއް ދިނުމުގެ ދައުވާ އުފުލި މީހެއްގެ މައްޗަށް ކުށް ސާބިތުވެ، 115،200ރ. އިން ޖޫރިމަނާކޮށްފި އެވެ.
އެ އެކްސިޑެންޓަކީ ބޮޑުތަކުރުފާނުމަގުގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުން ހދ. ކުޅުދުއްފުށި، ރަސްރީތި، އަލީ މުހައްމަދު ބާރު ސްޕީޑުގައި ދުއްވި ސައިކަލު ށ. މަރޮށި، އައްސޭރި، އިބްރާހިމް ވަސީމް ދުއްވި ސައިކަލުގައި ޖެހި ހިނގި އެކްސިޑެންޓެކެވެ.
އަލީ މުހައްމަދު ދުއްވި ސައިކަލުން ޖެހި ހިނގި އެ އެކްސިޑެންޓުގައި އިބްރާހިމް ވަސީމްގެ ބޮލުގެ ނާށިގަނޑުގައި ރެނދުލައި، އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ.
މި މައްސަލަ ކުރިއަށްދަނިކޮށް ދައުލަތާއި އަލީ މުހައްމަދުއާ ދެމެދު އިއުތިރާފްގެ އެއްބަސްވުމެއް ވަނީ ހަދައި ކޯޓަށް ވަނީ ހުށަހަޅާފަ އެވެ.
އެ އިއުތިރާފް އެއްބަސްވުމުގެ ދަށުން އަލީ މުހައްމަދުގެ މައްޗަށް ކަނޑައެޅޭނެ އަސްލީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.
ނަމަވެސް އެ ޖަލު އަދަބު ޖޫރިމަނާ އަބަދަކަށް ބަދަލުކޮށް އޭނާ ޖޫރިމަނާކުރީ 115،200ރ. އިންނެވެ. އެ ފައިސާ 24 މަހުގެ ތެރޭގައި ދެއްކުމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
Comment