about 2 hours 0
ލީވާން އަލީ ނާސިރު
ރޭ ދަންވަރު ހައިވޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހަކު މަގުމައްޗަށް ވެއްޓިފައި.
about 2 hours 0
މާލެއާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ރޭ ދަންވަރު 12:45 އެހައިކަންހާއިރު، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގެ ހައިވޭގައެވެ.
އެކްސިޑެންޓު ހިނގަން މެދުވެރިވީ ހައިވޭގެ ކާރު ލޭނުގައި މަޑުކޮށްގެން އޮތް ކާރެއްގެ ފަހަތުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ އެހެން ކާރެއް ޖެހިގެންނެވެ.
ފަހަތުން އައިސް ޖެހުނު ކާރު، އެ ވަގުތު ދުއްވާފައި ދިޔަ ހަތަރު ސައިކަލެއްގައި ޖެހުނު ކަމަށް ފުލުހުން ބުންޏެވެ.
"މި އެކްސިޑެންޓުގައި ހަތަރު މީހަކަށް ސީރިއަށް އަނިޔާތަކެއް ލިބިފައިވޭ،" ފުލުހުން ބުންޏެވެ.
އެ މީހުންނަށް އައިޖީއެމް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
Comment