Advertisement

އެމްބިއުލާންސްގައި ޖެހުނު ކާރު ޓޯކޮށް މައްސަލަ ބަލަނީ

16 ފެބުރުވަރީ 2026 - 12:18 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އައްޑޫ ސިޓީގައި އެމްބިއުލާންސަކާއި ކާރެއް ޖެހި އެކްސިޑެންޓުވުން


އެމްބިއުލާންސްގައި ޖެހުނު ކާރު ޓޯކޮށް މައްސަލަ ބަލަނީ

16 ފެބުރުވަރީ 2026 - 12:18 0

އައްޑޫ ސިޓީ ހިތަދޫގައި ރޭ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ބަޔަކު ގޮވައިގެންދިޔަ އެމްބިއުލާންސް ކާރެއްގައި ޖެހި އެކްސިޑެންޓުވި މައްސަލައިގައި ކާރު ޓޯކޮށް މައްސަލަ ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ހިތަދޫ ބޮޑުމަގުން ދުއްވާފައި ދިޔަ އެކްސިޑެންޓު ކާރުގައި ޖެހުނު މައްސަލައިގައި ކާރު ދުއްވި މީހާގެ އިހުމާލު އޮތް ކަމަށް ބެލެވޭ ކަމަށެވެ.

"ސައިރަން އާއި ބީކޮން ޖައްސައިގެން ދަތުރުކުރި އެމްބިއުލާންސެއްގައި ކާރު ޖެހުމުގައި ކާރު ދުއްވި ފަރާތުގެ އިހުމާލު އޮތްކަމަށް ބެލެވޭތީ ތަހުގީގަށް ކާރު ވަނީ ޓޯކޮށްފައި،" ފުލުހުން ބުންޏެވެ.

އެމްބިއުލާންސާއި ކާރު ޖެހިގެން ހިނގި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.

ނަމަވެސް އެ އެމްބިއުލާންސް އިން ގޮވައިގެން ދިޔަ މީހުން ހިމެނޭ އެކްސިޑެންޓުގައި ޖުމްލަ ހަތަރު މީހަކަށް އަނިޔާވިއިރު، އެ މީހުންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

އެ އެކްސިޑެންޓުގައި ސައިކަލު ދުއްވި ދެ މީހުން އަތުގައިވެސް ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ ވެސް ފުލުހުން ދަނީ ބަލަމުންނެވެ.