31 ޖަނަވަރީ 2025 - 12:12 1
ލީވާން އަލީ ނާސިރު
31 ޖަނަވަރީ 2025 - 12:12 1
އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރެއްގައި ޖެހި އެމެރިކަން އެއާލައިންސްގެ ބޯޓެއް ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ވަނީ ބޯޓާއި ހެލިކަޕްޓަރުން ދަތުރުކުރި ފަޅުވެރިންނާއި ފަސިންޖަރުންގެ އާއިލާތަކަށް ވެސް ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ވިދާޅުވެފަ އެވެ.
އަދި މި ހިތާމަވެރި ވަގުތުގައި ހުރިހާ ދިވެހިން ތިބީ އެމެރިކާގެ ރައްޔިތުންނާ އެކުގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި ހިނގި މި ހާދިސާގައި ވެއްޓުނީ 64 މީހުންނާއެކު ދަތުރުކުރަމުންދިޔަ ބޯޓެކެވެ. އެ ބޯޓު ހެލިކޮޕްޓަރުގައި ޖެހުނީ ރޭގަން ވޮޝިންޓަން ނޭޝަނަލް އެއާޕޯޓުގައި ޖައްސަން ތިރިކުރަނިކޮށެވެ.
ބޯޓުގައި ޖެހުނު ހެލިކޮޕްޓަރަކީ ތިން ސިފައިންނާއެކު ދަތުރުކުރަމުންދިޔަ އެމެރިކާގެ އަސްކަރިއްޔާގެ ބްލެކް ހޯކު އެކެވެ. އެ ހެލިކޮޕްޓަރު ނައްޓާލީ ވާޖިނިއާގައި ހުންނަ ފޯޓު ބެލްވޯ އަސްކަރީ މަރުކަޒުންނެވެ.
ބޯޓާއި ހެލިކޮޕްޓަރުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވެފައި ނުވާއިރު، ގިނަ ބައެއްގެ ހަށިގަނޑު ކޯރުން ވަނީ ނަގާފަ އެވެ. ނަމަވެސް އަދިވެސް 14 މީހެއްގެ ހަށިގަނޑު ފެނިފައެއް ނުވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment