31 ޖަނަވަރީ 2025 - 10:59 0
31 ޖަނަވަރީ 2025 - 10:59 0
ލަންޑަން (ޖެނުއަރީ 31) - ޔޫރޮޕާ ލީގުގެ ލީގު ބުރުގެ ފަހު މެޗުތަކުން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑް އާއި ޓޮޓެންހަމް ހޮޓްސްޕާސް އިން މުބާރާތުގެ ގަދަ 16 ބުރުން ޖާގަ ހޯދައިފި އެވެ.
ރުމޭނިއާގެ ސްޓެއުއާ ބުކަރެސްޓް އަތުން ޔުނައިޓެޑް މޮޅުވީ 2-0 އިންނެވެ. އަދި ޓޮޓެންހަމް އިން ވަނީ 3-0 އިން އެލްފްސްބާގް ބަލިކޮށްފަ އެވެ.
ޔޫރޮޕާ ލީގުގެ ލީގު ބުރު ކުޅުން ނިމުނުއިރު، ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނިގެން ގަދަ 16ގެ ސީދާ ޖާގަ ކަށަވަރުކުރީ، އެއް ވަނަ ހޯދި ލާޒިއޯ، ދެ ވަނައިގައި ނިންމި، އެތުލެޓިކް ކްލަބް، ތިން ވަނަ ހޯދި މެންޗެސްޓާ ޔުނައިޓެޑް، ހަތަރު ވަނަ ލިބުނު ޓޮޓެންހަމް، ފަސް ވަނަ ހޯދި އައިންޓްރަކްޓް ފްރޭންކްފާޓް، ހަ ވަނަ ހޯދި ލިޔޯން، ހަތް ވަނަ ހޯދި އޮލިމްޕިއާކޯސް އަދި އަށް ވަނައިގައި ނިންމި ރޭންޖާސް އެވެ.
ސްޓެއުއާ ބުކަރެސްޓް ދަނޑުގައި ކުޅުނު މެޗުގައި ޔުނައިޓެޑްގެ ލަނޑުތައް ޖަހައިދިނީ، ދެ ވަނަ ހާފުގެ އަށް މިނިޓްގެ ތެރޭގައި ޑިއޯގޯ ޑަލޯ އާއި ކޯބީ މައިނޫ އެވެ. ޑަލޯ ޖެހި ގޯލަށް ފުރުސަތު ހޯދައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މައިނޫ އެވެ.
ޓޮޓެންހަމް އިން ސީނިއާ ގިނަ ކުޅުންތެރިންތަކެއް ނުލައި ކުޅުނު ނަމަވެސް އެ ޓީމު ވަނީ ފަސޭހައިން މޮޅުވެފަ އެވެ. ޓޮޓެންހަމްގެ ލަނޑުތައް ޖެހީ، ޑޭން ސްކާލެޓް، ޑަމޯލާ އަޖާއި އަދި މިކީ މޫ އެެވެ. އުމުރުން 17 އަހަރުގެ މޫ ވަނީ ޔޫރަޕްގެ މުބާރާތެއްގައި ލަނޑު ޖެހި އެންމެ ޒުވާން އިނގިރޭސި ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.
Comment