Advertisement

ރާމޯސް ގެނައުމުގެ ވިސްނުން ޔުނައިޓެޑުން ދޫކޮށްލައިފި

about 2 hours 0


ރާމޯސް ގެނައުމުގެ ވިސްނުން ޔުނައިޓެޑުން ދޫކޮށްލައިފި

about 2 hours 0

މެންޗެސްޓާ (ޑިސެމްބަރު 13) - ޖެނުއަރީ ޓްރާންސްފާ މާކެޓްގައި، ސްޕެއިނުގެ ތަޖުރިބާކާރު ޑިފެންޑަރު، ސާޖިއޯ ރާމޯސް އަށް ކޮންޓްރެކްޓެއް ދޭން މެންޗެސްޓާ ޔުނައިޓެޑުން ގެންގުޅުުނު ވިސްނުން ދޫކޮށްލައިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މެކްސިކޯގެ ކްލަބް މޮންޓަރޭ ދޫކޮށްލުމަށް ރާމޯސް، 39، ވަނީ ނިންމައިފަ އެވެ.

ރާމޯސް، މޮންޓަރޭއާ އެކު ހަދާފައިވާ އެއްބަސްވުން އޮތީ މި މަހުގެ ނިޔަލަށެވެ. އެ ކްލަބާ އެކު ކޮންޓްރެކްޓް އާ ކުރަން ރާމޯސް ބޭނުމެއްނުވާކަން އެ ޓީމަށް ވަނީ އަންގައިފަ އެެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ރާމޯސް ނިންމާފައިވަނީ އަލުން ޔޫރަޕްގެ ކްލަބަކަށް ކުޅުމަށެވެ. އަދި، އޭނާގެ އޭޖެންޓް ވާހަކަ ދައްކަމުން އައި އެއް ކްލަބަކީ އިޓަލީގެ އޭސީ މިލާން އެވެ. އަދި، މިހާރު ފަހުން ޔުނައިޓެޑާ އެކު ވެސް ކޮންޓްރެކްޓެއްގެ ވާހަކަތައް ފެށި އެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ ސްޕެއިން ސްކޮޑުން ޖާގަ ހޯދުމުގެ އަމާޒުގައި ރާމޯސް ހުރިއިރު، ޔުނައިޓެޑާ އެކު އޭނާ ކުރި މަޝްވަރާތައް ނިންމައިލީ، ކޮންޓްރެކްޓްގެ މާއްދާތަކާ މެދު އެއްބަސްވުމުގައި ކުރިއެރުމެއް ނުލިބިގެންނެވެ. އެކަަމަކު، ރިޕޯޓްތައް ބުނާގޮތުން، ޔުނައިޓެޑުން އެންމެ ފުރަތަމަ ވެސް ރާމޯސްއާ ވާހަކަ ދައްކަން ފެށީ އެހާ ސީިރިއަސް ނަޒަރަކުން އެ ޓްރާންސްފާ ކުރިއަށްގެންދިއުމުގެ ވިސްނުމެއްގައެއް ނޫނެވެ.

އެކާވީސް ވަނަ ގަރުނުގައި ފެނިގެންދިޔަ އެންމެ ފުރިހަަމަ އެއް ޑިފެންޑަރު، ރާމޯސް، ސީނިއާ ކުލަބު ކެރިއަރު ފެށީ ސެވިއްޔާ އިންނެވެ. އެ ކުލަބުގެ ސީނިއާ ޓީމަށް ދެ އަހަރު ކުޅުމަށް ފަހު ސްޕެއިންގެ ރެއާލް މެޑްރިޑަށް އޭނާ ބަދަލުވީ 2005 ވަނަ އަހަރު އެވެ. ރެއާލްގައި 16 އަހަރު ކުޅުމަށް ފަހު އޭނާ އެކުލަބު ދޫށްލީ 2021 ގަ އެވެ. އެ ފަހަރު، ހިލޭ ޓްރާންސްފާއެއްގައި ބަދަލުވީ، ފްރާންސްގެ ޕީއެސްޖީ އަށެވެ. ޕީއެސްޖީ ދޫކޮށްލައި، ފަހުން ސެވިއްޔާ އަށް ކުޅުމަށް ފަހު، މިދިޔަ ސީޒަން ނިމުމުން ހުރީ ޓީމަކާ ނުގުޅި އެވެ. މޮންޓަރޭ އަށް ބަދަލުވީ، މި އަހަރުގެ ކުރީކޮޅުގަ އެވެ.