Advertisement

ހަންކެޑެ ބްރިޖު ހޮނިހިރު ދުވަހު އާންމުކޮށް ހުޅުވައިލަނީ

30 ޖަނަވަރީ 2025 - 06:54 2

މުހައްމަދު ޝަހްޒާން

މ

Advertisement

އައްޑޫގެ ގުޅިފައި އޮތް ރަށްތަކާ ދެމެދު އަޅާފައި އޮތް ބުރިޖު -- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓަރީ


ހަންކެޑެ ބްރިޖު ހޮނިހިރު ދުވަހު އާންމުކޮށް ހުޅުވައިލަނީ

30 ޖަނަވަރީ 2025 - 06:54 2

Advertisement

Advertisement

އައްޑޫގެ ގުޅިފައިވާ ރަށްތަކާއި ހަންކެޑެ ވަކިކޮށް އެ ރަށް ރިސޯޓަކަށް ހަދަން ތަރައްގީ ކުރި ހަންކެޑެ ބުރިޖު އަންނަ ހޮނިހިރު ދުވަހު އާންމުންނަށް ހުޅުވައިލަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

ހަންކެޑެ ބްރިޖު ހޮނިހިރު ދުވަހު އާންމުންނަށް ހުޅުވައިލަން ނިންމާފައިވާކަން އެ މިނިސްޓްރީން އިއުލާނު ކުރީ އެކްސްގައި މިއަދު ކުރި ޕޯސްޓެއްގަ އެވެ.

Advertisement

"އައްޑޫ ސިޓީ ހަންކެޑެ ޑީޓުއާ ލިންކު ރޯޑު، ފެބްރުއަރީ 1، 2025 ވާ ހޮނިހިރު ދުވަހު އާންމުންނަށް ހުޅުވައިލާނެ އެވެ،" ހައުސިން މިނިސްޓްރީގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

ގާތްގަނޑަކަށް 1.4 ކިލޯމީޓަރު ދިގު، ހަތަރު ލޭނުގެ ހަންކެޑެ ބްރިޖަކީ އިންޑިއާގެ އެގްޒިމް ބޭންކުން ލިބިފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގި މަޝްރޫއެކެވެ. އެ މަސައްކަތް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކުރީ އޮކްޓޯބަރު، 2021، ގަ އެވެ.

އެ ބްރިޖުގެ މަސައްކަތް ނިންމައި މިދިޔަ ޖުލައި މަހު އާންމުކޮށް ހުޅުވައިލާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރީން މީގެ ކުރިން ބުންޏެވެ. ނަމަވެސް އެ ތާރީހަށް އެކަން ނުކުރެވޭނެ ކަމަށް ބަލައި ބުރިޖު ބޭނުން ކުރަން ދެން ފަށާނެ ތާރީހެއްގެ ގޮތުގައި ކަނޑައެޅީ މިދިޔަ ސެޕްޓެމްބަރު 23 އެވެ.

Advertisement

އެހެންނަމަވެސް ހަންކެޑެ ބުރިޖުގެ ނުނިމޭ އެތައް މަސައްކަތެއް ހުރުމުގެ ސަބަބުން އެ ތާރީހަށް ވެސް އެ ބުރިޖު ނުހުޅުވި ލަސްވީ އެވެ.

ހަންކެޑެ ބުރިޖަކީ ކުރިން ވެރިކަމުގައި އޮތް އެމްޑީޕީގެ ސަރުކާރުން އައްޑޫގެ ޓޫރިޒަމް ކުރިއަރުވަން ގެންގުޅުނު ތަސައްވުރުގެ ތެރެއިން ކުރެވުނު މަސައްކަތެކެވެ. މި ސަރުކާރުން ވެސް ވަނީ މިހާރު ގެންގުޅޭ "އައްސޭރި ޓޫރިޒަމް" ސިޔާސަތުގެ ދަށުން މި ޕްރޮޖެކްޓު ކުރިއަށް ގެންދަން ނިންމާފަ އެވެ.

ހަންކެޑެ ތަރަައްގީކުރަނީ ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އިންނެވެ. ގާތްގަނޑަކަށް 142.9 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ މި މަޝްރޫއުގެ ދަށުން ހެންކެޑެގައި 1041 ކޮޓަރި (2082 އެނދު) ތަރައްގީކުރާނެ އެވެ.

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

އަބްޑޫޅް +

about 1 month ago

މި ބުރުގަ ހަންކަނޑާލާނެ ދޯ؟

ބުރިޖެޓު ޖޯންސަން

about 2 months ago

މިއީ ކޯސްވޭއެއްނޫންތަ؟