30 ޖަނަވަރީ 2025 - 10:28 1
އަހުމަދު އާއިދު
ބޯޓު ވެއްޓުނު ކޯރުގެ އައްސޭރީގައި އެމަޖެންސީ ހިދުމަތްދޭ ވެހިކަލްތައް ހަރަކާތްތެރިވަނީ ---
30 ޖަނަވަރީ 2025 - 10:28 1
އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރެއްގައި ޖެހި އެމެރިކަން އެއާލައިންސްގެ ބޯޓެއް މިއަދު ވެއްޓިއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުން އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި ހިނގި މި ހާދިސާގައި ވެއްޓުނީ 60 މީހުންނާއެކު ދަތުރުކުރަމުންދިޔަ ބޯޓެކެވެ. އެ ބޯޓު ހެލިކޮޕްޓަރުގައި ޖެހުނީ ރޭގަން ވޮޝިންޓަން ނޭޝަނަލް އެއާޕޯޓުގައި ޖައްސަން ތިރިކުރަނިކޮށެވެ.
ބޯޓުގައި ޖެހުނު ހެލިކޮޕްޓަރަކީ ތިން ސިފައިންނާއެކު ދަތުރުކުރަމުންދިޔަ އެމެރިކާގެ އަސްކަރިއްޔާގެ ބްލެކް ހޯކު އެކެވެ. އެ ހެލިކޮޕްޓަރު ނައްޓާލީ ވާޖިނިއާގައި ހުންނަ ފޯޓު ބެލްވޯ އަސްކަރީ މަރުކަޒުންނެވެ.
ވައިގެ ތެރޭގައި ދެ އުޅަނދު ޖެހި، ބޯޓު ވެއްޓުނީ ވޮޝިންޓަނުގައި އޮންނަ ޕޮޓޮމެކް ކޯރަށެވެ. އެ ކޯރުން މީހުންނާއި މަރުވި މީހުންގެ ހަށިގަނޑުތައް ސަލާމަތް ކުރުމަށް ބޯޓުތަކާއި ޑައިވަރުންގެ ޓީމުތަކުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފަ އެވެ.
މިހާތަނަށް މަރުވި ދެ މީހެއްގެ ހަށިގަނޑު ކޯރުން ފެނިފައިވާ ކަމަށް ވެސް ބައެއް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.
ހާދިސާއާ ގުޅިގެން ރޭގަން އެއާޕޯޓު ބަންދުކޮށް، ކުރިއަށް އޮތް ފަސް ވަރަކަށް ގަޑީރަށް ހުރިހާ ފުލައިޓެއް ވަނީ ފަސްކޮށްފަ އެވެ.
Comment