Advertisement

މިދިޔަ އަހަރު ސުޕްރީމް ކޯޓުގައި 54 މައްސަލަ ރެޖިސްޓްރީ ކުރިއިރު، 69 މައްސަލައިގައި ގޮތް ކަނޑައެޅި

29 ޖަނަވަރީ 2025 - 13:06 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު -- ފޮޓޯ: އަދަދު ފައިލް


މިދިޔަ އަހަރު ސުޕްރީމް ކޯޓުގައި 54 މައްސަލަ ރެޖިސްޓްރީ ކުރިއިރު، 69 މައްސަލައިގައި ގޮތް ކަނޑައެޅި

29 ޖަނަވަރީ 2025 - 13:06 0

މިދިޔަ އަހަރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި 54 މައްސަލައެއް ގަޒިއްޔާގެ ގޮތުގައި ރެޖިސްޓްރީ ކުރިއިރު، ޖުމުލަ 69 ގަޒިއްޔާއެއްގައި ގޮތް ކަނޑައެޅި ނިމިފައިވާ ކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ސުޕްރީމް ކޯޓުން މިއަދު އާންމު ކުރި މައުލޫމާތުގައި ވާގޮތުން މިދިޔަ އަހަރު އެ ކޯޓަށް މައްސަލަ ހުށަހެޅުމުގެ ހުއްދައާ މެދު 149 މައްސަލައެއްގައި ގޮތް ކަނޑައެޅި އެވެ. އެއީ 2023 ގައި ގޮތް ކަނޑައަޅާފައި ނުވާ 12 މައްސަލަ އާއި މިދިޔަ އަހަރު ސުޕްރީމް ކޯޓަށް ހުށަހެޅި 137 މައްސަލަ އެވެ.

ސުޕްރީމް ކޯޓަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން 54 މައްސަލައެއް ގަޒިއްޔާގެ ގޮތުގައި ރެޖިސްޓްރީ ކުރިއިރު، އޭގެ ކުރީ އަހަރު ނުނިމިހުރި 99 މައްސަލަ އާއެކު މިއަހަރު ފެށުމުގެ ކުރިން ގޮތް ކަނޑައަޅަންޖެހޭ 153 ގަޒިއްޔާ އެ ކޯޓުގެ ރެޖިސްޓްރީގައި އޮތެވެ. އޭގެތެރެއިން ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅާފައި ވަނީ 63 ގަޒިއްޔާއެއްގަ އެވެ. ހަ ގަޒިއްޔާއެއް މައްސަލަ ހުށަހެޅި ފަރާތުން އަނބުރާ ގެންދިޔުމުން މިދިޔަ އަހަރު ގޮތް ކަނޑައެޅި ޖުމުލަ ގަޒިއްޔާގެ އަދަދަކީ 69 އެކެވެ.

މިދިޔަ އަހަރު ނިމުނުއިރު، ސުޕްރީމް ކޯޓުގައި ރެޖިސްޓްރީ ކޮށްފައި ހުރި މައްސަލަތަކުގެ ތެރެއިން 84 މައްސަލައެއް އަދި އޮތީ ނުނިމި އެވެ.