29 ޖަނަވަރީ 2025 - 06:54 0
ލީވާން އަލީ ނާސިރު
އެލްޖީއޭގެ ސީއީއޯ ނިމާލް: އެލްޖީއޭއިން ވަނީ ކައުންސިލްތަކުން ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދޭން އިލްތިމާސްކޮށްފައި -- ފޮޓޯ: އެލްޖީއޭ
29 ޖަނަވަރީ 2025 - 06:54 0
ކައުންސިލްތަކުން ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދިނުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެލްޖީއޭއިން ބުނީ ތަހުގީގު އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށާއި އެ ފަރާތްތަކުގެ ގަނޫނީ ޒިންމާ އާއި މަސްއޫލިއްޔަތު އަދާ ކުރުމަށް އެއްވެސް ކައުންސިލަކުން ހުރަސް ނޭޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.
"ތަހުގީގު އިދާރާތަކުގެ ގާނޫނީ ޒިންމާ އަދާ ކުރުމަށް އެހީތެރިވުމަށާއި އަދި މައްސަލަތަކާއި ގުޅިގެން އެ އިދާރާތަކުން ކައުންސިލްތަކަށް އަންގާ އެންގުންތަކާ އެއްގޮތަށް އަމަލު ކުރުމަށް ދަންނަވަން،" އެ އޮތޯރިޓީން އިތުރަށް ބުންޏެވެ.
އެލްޖީއޭއިން މިހެން އިލްތިމާސްކުރީ ބައެއް ކައުންސިލްތަކުން ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ނުދޭކަމުގެ ޝަކުވާ އެ އޮތޮރިޓީއަށް ލިބެމުންދާ ކަމަށް ބުނެ އެވެ.
މިގޮތުން ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ކައުންސިލުތަކުން ތަބާވާން ޖެހޭއިރު، އެ ގޮތަށް އަމަލު ނުކުރުމުން އެލްޖީއޭއިން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
އެލްޖީއޭއިން ކައުންސިލްތަކަށް މިގޮތަށް އިލްތިމާސްކުރީ ގދ. ތިނަދޫ ކައުންސިލުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންދާ ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.
ތިނަދޫ ކައުންސިލުން ބުނާ ގޮތުގައި އޭސީސީން އެ ކައުންސިލަށް ވަދެ ތަކެތި ގެންދިޔައީ ވަގަށެވެ. އަދި އޭގެ ސަބަބުން ހިދުމަތްތަަކަސް ބުރޫ އެރިކަން އެ ކައުންސިލުން ފާހަގަކުރި އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment