28 ޖަނަވަރީ 2025 - 10:00 0
ލީވާން އަލީ ނާސިރު
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު (ކ): ޓޫރިޒަމް މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން ސައީދުއާ ހަވާލު ކުރެއްވީ އެ މަގާމުގައި ހުންނެވި އިބްރާހިމް ފައިސަލް (ވ) ވަކިކުރެއްވުމާ ގުޅިގެން -- ފޮޓޯ: ރައީސް އޮފީސް
28 ޖަނަވަރީ 2025 - 10:00 0
ޓޫރިޒަމް މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން އިކޮނޮމިކް މިނިސްޓަރު މިނިސްޓަރު މުހައްމަދު ސައީދުއާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުކުރައްވައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން ސައީދުއާ ހަވާލުކުރެއްވީ، އެ މަގާމުގައި ހުންނެވި އިބްރާހިމް ފައިސަލް މިއަދު މަގާމުން ވަކި ކުރެއްވުމާ ގުޅިގެންނެވެ.
"އަދަދު" އާ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ފަތުރުވެރިކަމާ ބެހޭ މިނިސްޓަރުގެ މަގާމުން އޭނާ ވަކި ކުރިކަން އަންގައި ރައީސް އޮފީހުން ފޮނުވި ސިޓީ ލިބިވަޑައިގަތީ މިއަދު ހެނދުނު ކަމަށެވެ.
"މިއަދު ސިޓީ ލިބުނީ. އެކަން ނިމިއްޖެ. ދެން މިހާރު މި އައީ ގެއަށް،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް މަގާމުން ވަކިކޮށްފައި މި ވަނީ އޭނާގެ ބައްޕަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މައްސަލަތަކެއް ޖެހިފައި އޮއްވަ އެވެ. ރައީސް މުއިއްޒުގެ ކެބިނެޓުގެ ބައެއް އެހެން ވަޒީރުންނާއި ފައިސަލްއާ ވެސް އޮތީ މައްސަލަތަކެއް ޖެހިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment