Advertisement

އޭސީސީން ބުނީ ތިނަދޫ ސިޓީ ކައުންސިލުގެ އެއްބާރުލުން ތަހުގީގަށް ނުލިބޭ ކަމަށް

27 ޖަނަވަރީ 2025 - 17:30 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އޭސީސީގެ ރައީސް ޝާމިލް: އޭސީސީން ބުނީ ތިނަދޫ ސިޓީ ކައުންސިލުން ތަހުގީގަށް އެއްބާރުލުން ނުލިބޭ ކަމަށް -- ފޮޓޯ: އަދަދު ފައިލް


އޭސީސީން ބުނީ ތިނަދޫ ސިޓީ ކައުންސިލުގެ އެއްބާރުލުން ތަހުގީގަށް ނުލިބޭ ކަމަށް

27 ޖަނަވަރީ 2025 - 17:30 0

ތިނަދޫ ސިޓީ ކައުންސިލާ ގުޅޭ މައްސަލައެއްގެ ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ހޯދަން މަސައްކަތް ކުރުމުން އެކަމަށް ކައުންސިލުގެ ފަރާތުން އެއްބާރުލުން ނުލިބުނު ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

ތަހުގީގު ކުރަމުންދަނީ ތިނަދޫ ކައުންސިލުގެ ކޮން މައްސަލައެއްކަން އޭސީސީއިން ހާމައެއް ނުކުރެ އެވެ.

އޭސީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ތިނަދޫ ކައުންސިލަށް އެ ކޮމިޝަނުގެ ޓީމަކުން އިއްޔެ ގޮސް މައްސަލައާ ގުޅޭ ގޮތުން ތަހުގީގަށް ބޭނުންވާ ލިޔެކިޔުން ހޯދަން މަސައްކަތް ކުރި ނަމަވެސް، އެކަމުގައި ކައުންސިލުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިފައި ނުވާ ކަމަށެވެ.

ނަމަވެސް ގާނޫނު އަސާސީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ ދަށުން، އެ ކޮމިޝަނުގެ ގާނޫނީ އިމުގެ ތެރެއިން އެންމެހާ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު، ކޮމިޝަނަށް ބޭނުންވާ ލިޔުންތައް ހޯދާފައިވާ ކަމަށް އޭސީސީން ބުންޏެވެ.

މިކަމާ ގުޅިގެން ތިނަދޫ ސިޓީ ކައުންސިލުން ބުނީ އޭސީސީން އެ ކައުންސިލަށް ގޮސް ވަގަށް ބައެއް ތަކެތި ގެންގޮސްފައިވާ ކަމަށެވެ. އެކަމަކު އެކަން އޭސީސީން ވަނީ ދޮގު ކޮށްފަ އެވެ.