Advertisement

އެޓްމޮސްފިއާގެ ހުރިހާ ރިސޯޓުތަކެއްގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ 50 ޕަސެންޓު ރުފިޔާއިން ދޭން ނިންމައިފި

28 ޖަނަވަރީ 2025 - 06:30 0

މުހައްމަދު ޝަހްޒާން

މ

Advertisement

އަލްފާ ޕްރޮޕާޓީގެ މެނޭޖުމެންޓުން އޮޒެން ރިޒާވް ބޮލިފުށި ރިސޯޓުގެ މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ ޖެނުއަރީ 1، އިން ފެށިގެން އޮޒެން ރިޒާވް ބޮލިފުށީގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ 50 ޕަސެންޓް ދޭނީ ދިވެހި ރުފިޔާއިން ކަމަށް -- އާޓްވޯކް: އިސްމާއިލް އިމްދާދު / އަދަދު


އެޓްމޮސްފިއާގެ ހުރިހާ ރިސޯޓުތަކެއްގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ 50 ޕަސެންޓު ރުފިޔާއިން ދޭން ނިންމައިފި

28 ޖަނަވަރީ 2025 - 06:30 0

Advertisement

އެޓްމޮސްފިއާ ކޯ ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ އޮޒެންގެ ހުރިހާ ރިސޯޓުތަކެއްގެ މުވައްޒަފުންނަށް ސާވިސްޗާޖުގެ ގޮތުގައި ލިބޭ ފައިސާގެ 50 ޕަސެންޓު މި މަހުން ފެށިގެން ދިވެހި ރުފިޔާއިން ދޭން ނިންމައި އެކަން އެ ރިސޯޓުތަކުގެ މުވައްޒަފުންނަށް އަންގައިފި އެވެ.

އޮޒެންގެ ހުރިހާ ރިސޯޓުތަކެއްގެ މުވައްޒަފުންނަށް ސޮއިކުރަން މަޖުބޫރުކުރި ލިޔުމެއްގައި ވަނީ އެ ނިންމުން ނިންމަން ޖެހުނީ ޑޮލަރު މާރު ކުރުން މަޖުބޫރުކޮށް އެމްއެމްއޭއިން އެކުލަވައިލި ގަވާއިދުގެ ސަބަބުން ރިސޯޓުން ކުރާ ގިނަ މުއާމަލާތްތައް ދިވެހި ރުފިޔާއިން ކުރަން ޖެހުމާ ގުޅިގެން ކަމަށެވެ.

Advertisement

އެ ލިޔުމުގައި އޮތީ ޖެނުއަރީ 1، އިން ފެށިގެން އޮޒެންގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ 50 ޕަސެންޓު ދޭނީ ދިވެހި ރުފިޔާއިން ކަމަށެވެ. އަދި އެ ފައިސާ ޖަމާ ކުރުމަށް ދިވެހި ބޭންކެއްގައި އެކައުންޓެއް ހުޅުވުމަށް ވެސް ބޮލިފުށި ރިސޯޓުގެ މުވައްޒަފުންނަށް އަންގާފައިވެ އެވެ.

ސާވިސް ޗާޖުގެ ގޮތުގައި ބޭންކަށް ޖަމާކުރާ ދިވެހި ފައިސާގެ ވަކި މިންވަރެއް ޑޮލަރަށް ބަދަލު ކުރެވޭނެ ގޮތެއް ހޯދޭތޯ ބޭންކުތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އޮޒެންގެ މުވައްޒަފުންނަށް އަންގާފައިވެ އެވެ.

ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް އެމްއެމްއޭ އިން ބޭރު ފައިސާގެ ގަވާއިދަށް ބަދަލު ގެނައީ މިދިޔަ އޮކްޓޯބަރު 1، ގަ އެވެ. އެ ގަވާއިދަށް އަމަލު ކުރުން ލާޒިމު ވަނީ މިމަހު 1، އިން ފެށިގެންނެވެ.

Advertisement

އެމްއެމްއޭއިން މީގެ ކުރިން ބުނެފައި ވަނީ ބޭރު ފައިސާ މާރު ކުރުމުގެ ގަވާއިދުގެ ދަށުން 40 އާއި 30 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ބޭންކުތަކަށް މާރު ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

ބޭރު ފައިސާ މާރު ކުރުމާބެހޭ ގަވާއިދުގެ ދަށުން ބޭންކުތަކަށް ޑޮލަރު މާރު ކުރަންޖެހޭ އެންމެ ފަހު ތާރީހަކީ ކޮންމެ މަހެއްގެ ވެސް 28 އެވެ. އެ ގަވާއިދުގެ ދަށުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް ކުރަން ވާނީ ދިވެހި ރުފިޔާއިންނެވެ.

މިހެން ނަމަވެސް ބޭރު ފައިސާ ލިބޭ ވިޔަފާރިތަކަށް ގިނަ އިސްތިސްނާތަކެއް އެ ގަވާއިދުގެ ތެރެއިން ލިބިފައިވެ އެވެ. އޭގެ ތެރޭގައި ބޭރު ފައިސާއިން ކުރަން ޖެހޭ މުއާމަލާތްތަކާއި ދަރަނި ދެއްކުން ފަދަ ކަންކަން ހިމެނެ އެވެ.

ބޭރު ފައިސާ ގަވާއިދަށް އަމަލުކުރަން ފެށި ފަހުން ބޭރު ފައިސާ މާރުކުރުމާ ބެހޭ ގާނޫނެއް ވަނީ ވުޖޫދުކޮށްފަ އެވެ. މި ގާނޫނުގެ ދަށުން 500 ޑޮލަރު ނުވަތަ އެ މަހެއްގެ އާމްދަނީއަށް ލިބުނު 20 ޕަސެންޓު މާރުކުރުމުގެ އިހުތިޔާރު ރިސޯޓުތަކަށް ލިބެ އެވެ.