26 ޖަނަވަރީ 2025 - 14:52 0
މުހައްމަދު ޝަހްޒާން
ތިނަދޫ ސިޓީގައި ހުންނަ އިސްލާމީ މަރުކަޒު؛ އެ ސިޓީގެ ކައުންސިލުން އިލްތިމާސް ކޮށްފައި ވަނީ ކުރިއަށް އޮތް ރޯދަމަހުގެ ހުރިހާ ހަރަކާތްތަކެއް އަޅުކަމަށް މަގުފަހިވާ ގޮތަށް ބައްޓަން ކުރަން -- ފޮޓޯ: އަދަދު
26 ޖަނަވަރީ 2025 - 14:52 0
ކުރިއަށް އޮތް ރޯދަމަހަކީ ވީހައިވެސް ބޮޑަކަށް އަޅުކަމަށް ހާއްސަވާ މަހަކަށް ހެދުމަށްޓަކައި އެ މަހުގައި ތިނަދޫ ސިޓީގައި މުނިފޫހިފިލުވުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް އެ ސިޓީގެ ކައުންސިލުން އަންގައިފި އެވެ.
ތިނަދޫ ސިޓީ ކައުންސިލުން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ ކުރިއަށް އޮތް ރޯދަމަހަކީ އެ ސިޓީގެ ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި އާދަތަކާއި އުސޫލުތައް އާލާވާން ފުރުސަތު ފަހިވާ ދުވަސްތަކަކަށް ހެދޭތޯ އެ ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ރޯދަ މަހުގެ އެއްވެސް ވަގުތެއްގައި ކުޅިވަރު ހަރަކާތެއް ނުވަތަ މުނިފޫހި ފިލުވުމުގެ ހަރަކާތެއް ނުހިންގުމަށް ތިނަދޫ ސިޓީ ކައުންސިލުން އަންގާފައިވެ އެވެ.
"ދުވާލުގެ ވަގުތު ވެސް އަދި ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކަށް އެއްވެސް ބާވަތެއްގެ ކުޅިވަރު ހަރަކާތެއް ނުވަތަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް އެއްވެސް ބަޔަކު އެއްވެސް މިންވަރަކަށް ތިނަދޫ ސިޓީގައި އިންތިޒާމުކޮށް ނުހިންގުން،" ތިނަދޫ ސިޓީ ކައުންސިލުގެ އިއުލާނުގައި ފަލަ އަކުރުން ފަވައި ލިޔެފައިވެ އެވެ.
އޭގެދަށުން ތިނަދޫ ކައުންސިލުން ވަނީ ދެ ނުކުތާއެއް ފާހަގަކޮށްފަ އެވެ. އެއީ:
އޭގެއިތުރުން ތިނަދޫގައި ތައުލީމު ފޯރުކޮށްދޭ ތަންތަނުންނާއި ސަރުކާރާއި އެހެނިހެން މުއައްސަސާތަކުގެ އިތުރުން ވިޔަފާރިވެރިންނާއި ކުލަބު ޖަމިއްޔާތަކުން ވެސް ރޯދަމަހުގެ މަގުސަދު ހާސިލުވާނެ ގޮތަށް އެންމެހައި ކަންކަން ތަރުތީބު ކުރުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ތިނަދޫ ސިޓީ ކައުންސިލުން އިލްތިމާސް ކޮށްފައިވެ އެވެ.
ނަމަވެސް ކަސްރަތުކުރުން ފަދަ ސިއްހީ ބޭނުންތަކަށް ބޭނުން ކުރުމަށް ކުޅިވަރު މައިދާންތަކާއި ދަނޑުތަކާއި ޓްރެކްތައް ކަނޑައެޅޭ ވަގުތުތަކުގައި ހުޅުވާފައި ބަހައްޓާނެ ކަމަށް ތިނަދޫ ކައުންސިލުގެ އިއުލާނުގައި ބުންޏެވެ.
ތިނަދޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައި ވަނީ އެ އެންގުމާ ހިލާފަށް އަމަލު ކުރާ ފަރާތްތަކަށް ކައުންސިލުގެ އެއްވެސް އެއްބާރުލުމެއް ނުލިބޭނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ ހާލަތެއްގައި އެކަން ވެސް ކުރާނެ ކަމަށް ތިނަދޫ ސިޓީ ކައުންސިލުން ބުންޏެވެ.
Comment