Advertisement

ރ. މަޑުއްވަރީ އިހުތިސާސްގެ ތެރޭގައި އުފުލަންދޫ، ރ. މީދޫގެ އިހުތިސާސްގެ ތެރޭގައި ތާވަތާ ހިމަނަނީ

22 ޖަނަވަރީ 2025 - 18:25 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރ. މަޑުއްވަރީ ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަދައްކަވަނީ: ކައުންސިލުތަކުން ބޭނުންވާ ރަށްތައް އެ ރަށްތަކުގެ އިހުތިސާސް ތެރޭގައި ހިމެނުމަކީ ސަރުކާރުގެ ސިޔާސަތެއް -- ފޮޓޯ: ރައީސް އޮފީސް


ރ. މަޑުއްވަރީ އިހުތިސާސްގެ ތެރޭގައި އުފުލަންދޫ، ރ. މީދޫގެ އިހުތިސާސްގެ ތެރޭގައި ތާވަތާ ހިމަނަނީ

22 ޖަނަވަރީ 2025 - 18:25 2

ރ. މަޑުއްވަތީގެ އިހުތިސާސްގެ ތެެރޭގައި އުފުލަންދޫ، ރ. މީދޫގެ އިހުތިސާސްގެ ތެރޭގައި އެ އަތޮޅު ތާވަތާ ހިމަނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

އެ ނިންމެވުން ނިންމަވާފައިވާކަން ރައީސް އިއުލާނު ކުރެއްވީ މަޑުއްވަރީ ރައްޔިތުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކައިގަ އެވެ.

މަޑުއްވަރީ ކައިރީގައި އޮންނަ އުފުލަންދޫ އަކީ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި އެ ރަށް ޓޫރިޒަމަށް ދޫކުރި އެވެ.

ނަމަވެސް އެ ރަށް ސަރުކާރަށް ނެގުމަށްފަހު މަޑުއްވަރީ ކައުންސިލާ ފުރަތަމަ ހަވާލު ކުރީ މިދިޔަ ސަރުކާރުގެ ދުވަސްވަރެވެ.

އޭރު މަޑުއްވަރީ ކައުންސިލާ އެ ރަށް ހަވާލު ކުރީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށް މަޑުއްވަރީ ކައުންސިލުގެ ރައީސް، މުހައްމަދު ސޯދިގު ވިދާޅުވި އެވެ.

"އޭރު ހަވާލު ކުރީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް، މިހާރު އެއްބަސްވުމުގައި ބާކީ އިނީ ތިން އަހަރު، އެހެންވެ ރަށުގެ ރައްޔިތުންނާއި ކައުންސިލުން އެދުނީ އެ ރަށް އަޅުގަނޑުމެންގެ އިހުތިސާސްގެ ތެރޭގައި ހިމަނައި ދިނުމަށް،" ސޯދިގު ވިދާޅުވި އެވެ.

އުފުލަންދޫ ފަޅުކުރީ ހުކުރު ހަމަނުވާ ކަމަށް ކުރިން ބަލާ (ބޮޑެތި ފިރިހެނުންގެ 40 މީހުން ހަމަނުވާ) ރަށްރަށުގެ މީހުން އެހެން ރަށްރަށަށް ބަދަލުކުރަން 1960ގެ އަހަރު ތަކުގައި ނިންމި ނިންމުމެއްގެ ދަށުންނެވެ. އެ ރަށު މީހުން ބަދަލުކުރީ އަލިފުށްޓަށެވެ.

ރ. މީދޫގެ އިހުތިސާސްގެ ތެރޭގައި ހިމެނި ތާވަތާ އަކީ ކުރީ ސަރުކާރުން ހެދި ސެޓްލްމަންޓް އެއްބަސްވުންތަކުގެ ދަށުން ރިސޯޓެއް ހެދުމަށް ބްލޫ ލެގޫން އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ރަށެކެވެ. ނަމަވެސް މި މި ސަރުކާރުން ވަނީ އެ ހުރިހާ އެއްބަސްވުމެއް ބާތިލުކޮށްފަ އެވެ.