21 ޖަނަވަރީ 2025 - 20:22 0
އަހުމަދު އާއިދު
މިއަދުގެ ބައްދަލުވުމުގެ ކުރިން ހަލީލު އަދި އޮސްޓްރޭލިއާގެ ސަފީރު ސަލާމްކުރައްވަނީ --- ފޮޓޯ: ފޮރިން މިނިސްޓްރީ
21 ޖަނަވަރީ 2025 - 20:22 0
އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑޭވިޑް ޖެސަޕްއާ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ބައްދަލުކުރައްވައިފި އެވެ.
ހާރިޖިއްޔާއިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، އޮސްޓްރޭލިއާގެ ސަފީރު ޑޭވިޑް ޖެސަޕް އާއެކު ހަލީލު ބޭއްވި ބައްދަލުވުން ކުރިއަށްދިޔައީ މިއަދު ކަމަށެވެ. އަދި މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
އެ ބައްދަލުވުމަށްފަހު ހަލީލު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ކުރިއަށްދިޔައީ ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ. ނަމަވެސް ދެ ގައުމުގެ ގުޅުން ބަދަހިކުރަން މަޝްވަރާކުރި ދާއިރާތަކެއް ވަޒީރު ހާމައެއް ނުކުރައްވަ އެވެ.
އޮސްޓްރޭލިއާގެ ސަފީރު ވެސް ވަނީ ހަލީލުގެ ޕޯސްޓު ހިއްސާ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ދެ ގައުމުގެ ގުޅުމުގެ އަދާހަމަތައް ލިބުނީތީ އުފާކުރާ ކަމަށެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ހަލީލު އަދި ފޮރިން މިނިސްޓްރީގެ ޓީމާއެކު ދެ ގައުމުގެ ގުޅުން ބަދަހިކުރަން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ވެސް ޖެސަޕް ގެ ރަސްމީ އެކްސް އެކައުންޓުން ލިޔުއްވާފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment